ސްރީލަންކާ އަށް ދިމާވެފައިވާ ބޭރު ފައިސާ ލިބުމުގެ ދަތިތަކާއި ގުޅިގެން ތެޔޮ ގަތުމަށް ދަތިވެ އެގައުމުގެ ބައެއް ސަރަހައްދުތަކުން މާދަމާ ހަ ގަޑިއިރަށް ކަރަންޓް ކަނޑަން ނިންމައިފިއެވެ.

އެގައުމަށް ތެޔޮ ގަތުމަށް ދަތިވެ މީގެ ކުރިން ވެސް ވަނީ 7 ގަޑިއިރަށް ކަރަންޓް ކަނޑާފައެވެ.

ސްރީލަންކާގެ ހަބަރުތައް ގެނެސްދޭ "ނިއުސްވަޔާ" އިން ބުނެފައިވާ ގޮތުގައި މާދަމާ އެގައުމުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް ހަމަ ޖެހިފައިވަނީ ފަސް ގަޑިއިރަށެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވަނީ ހަ ގަޑިއިރާއި 20 މިނެޓަށެވެ.

އެމީޑިއާއިން ބުނެފައިވަނީ ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވަނީ އެގައުމުގެ އުތުރުން އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ.

އާންމު ގޮތެއްގައި ކޮންމެ ދުވަހެއްގެ މައްޗަށް އެގައުމަށް ކަރަންޓް ފޯރުކޮށްދިނުމަށް 4000 މެޓްރިކް ޓަނުގެ ތެޔޮ ބޭނުންވެއެވެ. އެގައުމުން މީގެ ކުރިން ދެ ގަޑިއިރަށް ކަރަންޓް ކަނޑާފައިވަނީ 2000 މެޓްރިކް ޓަނުގެ ތެޔޮ މަދުވުމުންނެވެ.

ސްރީލަންކާގެ ޕަބްލިކް ޔުޓިލިޓީސް ބުނެފައިވަނީ ކޮންމެ ދުވަހަކު ކަރަންޓް ފޯރުކޮށްދިނުމަށް ޖެނެރޭޓަރަށް 4000 މެޓްރިކް ޓަނުގެ ތެޔޮ ބޭނުންވާއިރު، އާންމު ގޮތެއްގައި އެގައުމުގައި ހުންނަނީ 1000 މެޓްރިކް ޓަނުގެ ތެޔޮ ކަމަށެވެ. އެހެން ކަމުން ގިނަ ޖެނެރޭޓަރުތައް ނުޖެއްސޭނެ ކަމަށް ވަނީ ބުނެފައެވެ.

ބޭރު ފައިސާ ލިބުމުގެ ދަތިކަން ލަންކާއަށް ކުރިމަތިވުމުން ހަމައެކަނި ގެއްލުން ވެފައިވަނީ ތެޔޮ ގަތުމަށް ނޫނެވެ. އެގައުމުގެ ފައިސާއަށް އައި ބަދަލާއި އެކީ ކަރުދާސް ގަތުމަށް ދަތިވެ ބައެއް ސްކޫލްތަކުން ވަނީ ޓެސްޓްތައް ވެސް ކެންސަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބީބު.......

    އެމެރިކާޔާ އިނގިރޭސި ވިލާތާ ފުރާންސް ޖަރުމަނާ ޑެންމާކާ ކޮބައިބާ މިވަރުވާއިރު އޭސިޔާގެ ހަންކަޅު މީހުންތިބޭ ގައުމުތައްވީމަ އަޅާވެސްނުލާ އެތިބެނީ

    • މޮޔަނިމޮސް

      ކޮބާ ސައުދީ