23:12

ރަޝިއާ ފޮރިން މިނިސްޓަރުގެ ދޮންދަރިއަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި.

22:39

ގޫގްލް ޚަބަރު ވެބްސައިޓް ވެސް ރަޝިއާ އިން ބްލޮކް ކޮށްފި.

21:59

އެމެރިކާ އިން ޔޫކްރޭންގެ 100000 ރެފިއުޖީންނަށް ބޯހިޔާވަހިކަން ދޭނެކަމަށް އެމެރިކާ އިން ބުނެފި.

21:54

އެހީގެ ތަކެތި ހޯދަން ހަރްކީވްގެ ޕޯސްޓް އޮފީހެއް ކައިރީ ތިބި ޔޫކްރޭންގެ ބަޔަކަށް ރަޝިއާގެ މިސައިލް ހަމަލާއެއް އަމާޒުވެ ހަމީހަކު މަރުވެއްޖެ. މިހަމަލާގައި 15 މީހަކު ވަނީ ޒަހަމްވެފައި.

18:52

ކްރެމްލިންގެ ފައުޖުތަކުން އިރުމަތީ ޔޫކްރޭންގެ ވެރިރަށް ޚަރްކިވްގައި އޮންނަ އިޒްޔޫމް ސިޓީގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފި.

18:15

ޔޫކްރޭނަކީ ޔޫރަޕިއަން ޔޫނިއަންގެ ޖާގައެއް ހައްގު ތަނެއް ކަމަށް އެ ގައުމުގެ ރައީސް ޒެލެންސްކީ މިއަދު ހެނދުނު ސްވިޑަންގެ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވެއްޖެ.

18:14

މަރިއުޕޯލް ޑިސްޓްރިކްޓްގެ ލެވޮބެރެޒްނީ ޑިސްޓްރިކްޓްގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ގަދަބާރުން ރަޝިޔާއަށް ގެންދަން އުޅޭ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް މަރިއުޕޯލް ސިޓީ ކައުންސިލުން ބުނެފި.

ކައުންސިލުން ތުހުމަތު ކުރާ ގޮތުގައި ޔޫކްރޭންގެ ހިނގަމުންދާ ހަނގުރާމަ އަށް 29 ވަނަ ދުވަސް މިއަދަށް ވާއިރު، އެ ސިޓީގައި ދިރިއުޅޭ 15،000 މީހުން މިހާތަނަށް ގަވާއިދާ ހިލާފަށް ޑީޕޯޓްކޮށްލާފައިވާ ކަމަށް.

18:12

ޔޫކްރޭންގެ މައްސަލައާ ބެހޭގޮތުން ޑިޕްލޮމެޓިކް މަޝްވަރާތައް ކުރެއްވުމަށް ބްރަސަލްސްއަށް ވަޑައިގެންނެވުމަށްފަހު ނޭޓޯގެ ލީޑަރުން ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކު ސަލާމް ކުރައްވައި ސަލާމް ކުރައްވައި ހިނިތުންވެވަޑައިގެންފައި.

ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

18:08

ރަޝިޔާއަށް އިތުރު 65 ދަތިކުރުމުގެ ފިޔަވަޅުތައް އިނގިރޭސިވިލާތުން އަޅަން ނިންމާފައިވާ ކަން އިއުލާނުކޮށްފި.

 

18:06

ދެކުނުގެ ބަނދަރުގައި އޮތް ރަޝިއާގެ އުޅަނދެއް ހަލާކުވެފައިވާ ކަމަށް ޔޫކްރޭނުން ބުނެފި.

ޑިފެންސް މިނިސްޓަރުގެ ނައިބު ވިދާޅުވީ މި ބޯޓުގައި 20 ޓޭންކާއި 45 އާމަޑް ޕާސަނަލް ކެރިއަރުންނާއި 400 ޕެރަޓްރޯޕަރުން އުފުލޭނެ ކަމަށް.

 

16:15

ނޭޓޯގެ ބައްދަލުވުން ފަށައިގެން ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި.

13:14

ބައިނަލްއަޤްވާމީ ކުޅިވަރުތަކުން ސަސްޕެންޑުކޮށްފައިވާ ރަޝިޔާއިން ޔޫރޯ ފުޓުބޯޅަ މުބާރާތް ބާއްވަންބިޑުކޮށްފި

12:08

އެމެރިކާގެ ޑިޕްލޮމެޓުންތަކެއް ފުރައިގެން ދާން ރަޝިއާ އިން އަންގައިފި.

11:47

ޔޫކްރޭން މައްސަލައިގައި މަޝްވަރާ ކުރުމަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ވެރިން މިއަދު ބައްދަލު ކުރާނެ. މިއަދުގެ ބައްދަލުވުމުގައި ރަޝިއާ އަށް ދެން އިތުރަށް އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ގޮތްތަކެއް ނިންމާނެ ކަމަށް ބެލެވޭ.

10:14

ރަޝިއާގެ 40000 ސިފައިން "ގެއްލިއްޖެ"

09:13

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ އެލީނާ ކަބައީވާ ސްވިޒަލޭންޑުން ޑީޕޯޓް ކޮށްލުމަށް ގޮވާލައި 63000 މީހުން ޕެޓިޝަނެއްގައި ސޮއި ކޮށްފި.

08:40

ރަޝިއާ ސިފައިންގެ ހަށިތައް ޔޫކްރޭންގެ މަގުމަތީގައި!

ރަޝިއާއިން ޔޫކްރޭންގެ ވެރިރަށް ކިއޭވް ހިފަން ކިއޭވް އާއި ދާދިގާތައް ގޮސްފައި އޮތް ލަޝްކަރު މިހާރު ފަހަތައް ޖެހެން ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ޔޫކްރޭންގެ އޮފިޝަލުން ބުނާ ގޮތުގައި ޔޫކްރޭން ސިފައިންގެ ހަމަލާތައް ވަރުގަދަ ކުރަން ފެށުމުން ރަޝިއާގެ ލަޝްކަރު މިހާރު ވަނީ ކިއޭވްގެ ހުޅަނގުން ބޯޑަރު ކައިރިއަށް ފަހަތައް ޖެހެން ފަށާފައެވެ.

ރަޝިއާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ސަރަހައްދުތަކުގައި ހަމަލާތައް ބަދަލު ކުރުން ވަރުގަދަވެ ރަޝިއާގެ އަތުން ޔޫކްރޭނުން އަނބުރާ ބައެއް ސަރަހައްދުތައް ހޯދަމުން ގެންދާކަމަށް ޔޫކްރޭނުން ބުނީ މީގެ ދެދުވަސް ކުރިންނެވެ. ޔޫކްރޭނުން ބުނާ ގޮތުގައި ޔޫކްރޭންގެ ހަމަލާތައް ވަރުގަދަ ކުރުމުން ރަޝިއާ ސިފައިން މިހާރު ވަރަށް ގިނަ ސަރަހައްދުތަކުން މިހާރު ވަނީ ފައްސާލެވިފައެވެ.

ރަޝިއާ ސިފައިންގެ ލަޝްކަރު އެކި ސަރަހައްދުތަކުން ފަހަތައް ޖެހެމުންދާ ކަމަށް ޔޫކްރޭނުން ބުނި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ރަޝިއާ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

މިއަދަކީ ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށިތާ އެއްމަސް ދުވަސް ފުރިހަމަވާ ދުވަހެވެ. މީގެ އެއްމަސް ދުވަސް ކުރިން ފެށި ހަނގުރާމައިގައި އަދި މިހާތަނަށް ރަޝިއާ އިން ބޭނުންވާފަދަ ކުރިއެރުންތަކެއް ނުލިބުނު ނަމަވެސް ރަޝިއާ އިން ވަނީ ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ހަނގުރާމަ ހުއްޓާލި ނަމަވެސް ޔޫކްރޭނަށް މިހާރު ލިބިފައި ހުރި ގެއްލުންތަކުން އަރައިގަންނަން ވެސް އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަން ޖެހޭނެއެވެ.

ކިއޭވްގެ މޭޔަރު ވިދާޅުވި ގޮތުގައި ރަޝިއާގެ ހަމަލާތަކުގައި މިހާތަނަށް ހަމައެކަނި ކިއޭވް އިން ވެސް ވަނީ 264 މީހަކު މަރުވެފައެވެ. އޭގެ އިތުރުން 300 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މޭޔަރު ވިދާޅުވި ގޮތުގައި ރަޝިއާގެ ހަމަލާތަކުގައި މިހާތަނަށް ކިއޭވްގެ 80 އިމާރާތެއް ވަނީ ބިނާ ހަމަވެފައެވެ.

ރަޝިއާ އާއި ޔޫކްރޭން މަސްރަހުގެ ޚަބަރުތައް "ވަގުތު" ބްލޮގުން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހުރަބު

    ދޮގު ބުހުތާނު ޒަޔަނިސްޓް އެޖެންޑާ ފެތުރުމުގަ އަވަދިނެތި

    17
    3
    • ޢަހުމަދު

      ދެރަވޭ ދޯ.އެކަމަކަު ހަގީގަތް މީ

      1
      4
    • މޮޔަނިމޮސް

      މޮޔަ ÷ުތިން ބަލިވާންއޮތީ

  2. ސާބަސް

    ޔުކުރޭންއިން ހާމަކުރާ އަދަދުތައް ތެދުނަމަ މިހާރު ހަނގުރާމަނިމިދާނެ

    8
    1