ރަޝިއާ ސިފައިން ޔޫކްރޭންގައި މަރުވަމުންދާ ރަސްމީ އަދަދެއް ރަޝިއާ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް ޔޫކްރޭނާއި ނޭޓޯ އިން ބުނާ ގޮތުގައި ހަނގުރާމައިގައި މަރުވި ރަޝިއާ ސިފައިންގެ އަދަދު މިހާރު 15000 އަށް އަރާފާނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރޭންގެ ދެކުގައި އޮންނަ މައިކޮލައިވް ނަމަކަށް ކިޔާ ސަރަހައްދުގައި ވެސް ރަޝިއާ އެތައް ސިފައިންގެ މީހެއްގެ ހަށިތައް އެބައޮތެވެ. މުޅި ސަރަހައްދުން ދޮވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ކުނިވުމުން ދުވާ ނުބައި ވަހެކެވެ.

މައިކޮލައިވް ރީޖަންގެ މޭތަރު ވިޓާލީ ކިމް ވަނީ މަރުވެފައިވާ ރަޝިއާ ސިފައިންގެ ހަށިތައް ނެގުމަށް މިދިޔަ ހޮނިހިރު ދުވަހު އާއްމުންގެ އެހީއަށް ވެސް އެދިފައެވެ. އާއްމުންގެ އެހީގައި ރަޝިއާގެ އެތައް ސިފައިންނެއްގެ ހަށިތައް ބޮޑީބޭގްތަކަށް އަޅާފައި ވީނަމަވެސް މުޅި ސަރަހައްދު މަރުވެފައިވާ ސިފައިންގެ ހަށިތަކުން ސާފު ކުރުން އެއީ އެސަރަހައްދުގެ އާއްމުންނަށް ވެސް ކުރެވޭވަރު ކަމަކަށް ނުވެއެވެ.

ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް މަރުވެފައިވާ ރަޝިއާ ސިފައިންގެ ހަށިތައް ރައްކާ ކުރަމުން ގެންދަނީ ރެފްރިޖަރޭޓަރުތަކުގައެވެ. ސިފައިންގެ ހަށިތައް އަދި ވަޅުނުލަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެހަށިތައް ރަޝިއާ އާއި ހަވާލު ކުރަން ޖެހުމުގެ ފުރުސަތު އޮތުމުންނެވެ.

މައިކޮލައިވް އަކީ ރަޝިއާ ސިފައިން ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފުރަތަމަ ހަމަލާ ދޭން ފެށި ރީޖަންތަކުގެ ތެރެއިން އެއްރީޖަންއެވެ. މިހާރު ރަޝިއާގެ އެތައް ޓޭންކަރަކާއި އަސްކަރީ އުޅަނދުތަކެއް އެސަރަހައްދަށް ދޫކޮށްލުމަށް ފަހު ރަޝިއާ ސިފައިން ވަނީ ޔޫކްރޭންގެ އެތެރެއަށް ޖެހިފައެވެ. ނަމަވެސް އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާ ސިފައިން މައިކޮލައިވް އަށް އެނބުރި އައިސްދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ރަޝިއާގެ އަސްކަރިއްޔާ އަކީ ޔޫކްރޭންގެ އަސްކަރިއްޔާ އާއި ބަލާއިރު އެތައް ގޮތަކުން ވަރުގަދަ އަސްކަރިއްޔާއަކަށް ވީނަމަވެސް ޔޫކްރޭން ހިފުން ރަޝިއާ ސިފައިންނަށް ހީކުރިހާ ފަސޭހައެއް ނުވިއެވެ. ރަޝިއާ އިން ހިފި ބައެއް ސަރަހައްދުތައް ވެސް މިހާރު އަލުން އަނބުރާ ޔޫކްރޭންގެ ބާރުގެ ދަށަށް ގެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބީރުބޮލު ވަޒީރު.

    ދައްކަދައްކާފަ ދެއްކެނީ އެންމެ ފޮޓޯއެއް. ސުނޯގަނޑު ތެރޭގަ ވަޅެލެވިފަ އޮތް ޔުނިފޯމެއް. ދެން ބޫޓެއް. ހުސް ޕްރޮޕެގެންޑާ.

    12
  2. ބީތާވެދާނެ

    ދެން ޔުކްރޭން މީހަކު މަރުވެސް ނުވަނީތަ؟ ހުސް ރަޝިޔާ މީހުން އުޅޭ ތަނެއްދޯ...

    13
    1
    • މޮޔަނިމޮސް

      ނޫން މަރުވޭ.އެކަމަކު ޓެރަރިސްޓް ރަށިޔާ މިފަހަރު އޮތީ ބަލިވާން

      14
      • އަލީ

        މިދުނިޔޭގައިއޮތް އެންމެބޮޑު ޓެރެރިސްޓު ސްޓޭޓަކީ އެމެރިކާ

        • ޢަހުމަދުވަގާރު

          ކުޑަ ޓެރަރިސްތޤ އަކީ ރަށިޔާ

        • ޢަހުމަދުވަގާރު

          2 ވަނަޔަކީ ސައުދީ.3 ވަނަ ޕާކިސްތާން.މުސްލިމުން މާ ގުނަމުސްލިމުން ދީނުގެ ނަމުގަ މަރާ