ޔޫކްރެއިންގެ ވެރިރަށް ކިއޭވް ބޭރުގައި އޮތް ރަޝިއާގެ ޓޭންކަރުތަކަކަށް ހަމަލާދީ ފުނޑުފުނޑުކޮށްލައިފިއެވެ.

މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ރަޝިއާގެ އަސްކަރިއްޔާގެ ސިފައިން ޔޫކްރެއިނަށް އަރާ ކުރަމުން އަންނަ ހަނގުރާމަ އަދިވެސް ހުއްޓުމަކަށް ނާދެއެވެ. މި ހަނގުރާމައިގައި ޔޫކްރެއިންގެ އެތައް ތަނެއް ސުންނާފަތިވެ، ކުށެއް ނެތް ގިނަ ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާ އިން އާންމު ކުރި ޑްރޯން ވީޑިއޯ އަދި ފޮޓޯތަކެއްގައި ވަނީ ގިނަ އަދަދެއްގެ ޓޭންކަރުތަކެއް ފުނޑުފުނޑުކޮށްލާފައިވާ މަންޒަރު އާންމުކޮށްފައެވެ. އެކަން ހިނގާފައި ވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް ބޭރުގައި އޮންނަ ސަރަހައްދެއް ކަމަށްވާ ޑިމިޓްރިވްކާގައެވެ.

ވީޑިއޯގައި ހަނގުރާމަ މަތީ ގިނަ އުޅަނދުތަކެއް ހަލާކުކޮށްލާފައިވާ މަންޒަރު ފެނެއެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޔޫކްރެއިންގެ އަސްކަރިއްޔާ އިން ވައިގެ މަގުން ދިން ހަމަލާއެއްގައި މި އުޅަނދުތައް ސުންނާފަތިކޮށްލާފައި ވަނީ ވަރަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

ހަނގުރާމަ އަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ ޔޫކްރެއިންގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ކުރިއަށް ވުރެ ބޮޑަށް މަދުކޮށްފައެވެ.

ޔޫކުރޭންގެ އިރުމަތީގައި، ރަޝިއާއާ އިންވެގެން އޮތް ޔޫކްރޭނާ ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދު ކަމުގައިވާ ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ރަޝިއާ އިން ގަބޫލުކޮށް ޔޫކްރެއިނަށް ރަޝިއާގެ އަސްކަރީ ސިފައިން ފޮނުވުމާއެކު، އެ ސަރަހައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ.

ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައެއް ފެށިފައިވާ އިރު، މި ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ޔޫކްރެއިނަށެވެ. ޔޫކްރެއިންގެ އެކި ތަންތަނަށް ރޮކެޓް ހަމަލަ އާއި ކްރޫޒް މަސައިލްތައް ފުލުފުލުގައި ރަޝިއާ އިން ދަނީ ފޮނުވާލަމުންނެވެ. އަދި އެ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މި ހަނގުރާމައިގައި ރަޝިއާ ސިފައިންނަށް ވެސް ގެއްލުން ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިންމާލަބަލަ 1 ތިން

    ޕޫޓިން ކަލޭ އަތުގައިހުރި އެންމެ ނުރައްކާތެރި ހަނތިޔާރުގެ ބޭނުން ހިފާބަލަ..ކީވްގާޑުކޮތްގެންއޮތް ޔޫކްރެއިންގެ ސިފައިންގެ ލަޝްކަރުދުވަސްދުއްވޭނީ
    ބައިލޮޖިކަލް ހަނތިޔާރުބޭނުންހިފައިގެން ޕޫޓިންނައް ވިސްނައިދޭން؟!؟ނޫނީ ކީވްނުހިފޭނެ. ސަތާން މިސައިލުން އިނގިރޭސީން ނިންމާލަބަލަ އެއް ބުރުން...

  2. ބަބޫ

    ކަލޭމެން ރަޝިޔާ ބަލިކަމަށް ހުޅަނގުގެ ކާފަރުންނާ ގުޅިގެން ހަންފަތުރަނީ. ބަލަންތިބޭ. ތިހުރިހާ ވާހަކައެއް ދޮގެއްކަން އިނގޭނެ. ގޯސްޓެކޭ ކިޔައިގެން ހަންފެތުރީވެސް ގޭމެއްގެ ވީޑިއޯއެއް

    • ޢަހުމަދުވަގާރު

      ރަށިޔާ އަނެއްކާ މީ މުސްލިމުން ބާ