އިންޑިޔާގެ ކަރްނާޓާގައި އެންމެ ފުރަތަމަ އެޅި ''ފްލޯޓިން ބްރިޖު'' ބޭނުން ކުރަން ފެށިތާ ދެ ދުވަސް ތެރޭގައި ހަލާކުވެއްޖެއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު މިނިސްޓަރ ކޭ ރަގުޕަތި ބަޓް ހުޅުވާދެއްވި މި ބުރިޖަށް ބޮޑެތި ރާޅު އަރައި ބުރިޖު ހަލާކުވެފައިވަނީ މެއި މަހުގެ އަށް ވަނަ ދުވަހުގެ ރޭގަނޑުއެވެ.

މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މި ބުރިޖު ބޭނުން ކުރުން ވަނީ މަނާ ކުރެވިފައެވެ. އެއީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން ބުރިޖުގެ ބައިތަކެއް ވަކިވެފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ދަނީ މީޑިޔާގައި ދައުރުވަމުންނެވެ.

ފަތުރުވެރިކަން ރަނގަޅު ކުރުމުގެ ގޮތުން ހެދި ބްރިޖަށް 80 ލައްކަ އިންޑިއަން ރުޕީސް ހަރަދުވެފައިވާ ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

100 މީޓަރުގެ ދިގު 3.5 މީޓަރުގެ ފުޅާ މި ބުރިޖުގެ ހިދުމަތް މެދުކަނޑާލުމާއި އެކު މެލްޕް ބީޗުގެ މޫދު ކުޅިވަރުތައް ވެސް ވަނީ ހުއްޓާލައިފައެވެ.

މީގެއިތުރުން މި ތޫފާނުގެ ސަބަބުން އިންޑިޔާގެ އެކި ތަންތަނަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.

އެގޮތުން ބެންގަލޫރަށް ބޯކޮށް ވާރޭވެހި ގަދައަށް ވައި ޖެހުމުގެ ސަބަބުން ވަނީ އަތަލް ބިހާރީ ވަޖްޕާއީ ސްޓޭޑިއަމްގައި އަލަށް އިމާރާތް ކުރި އިމާރާތެއް ވެސް ވަނީ ހަލާކުވެފައެވެ.

އަންދުރަ ޕްރަދޭޝްގެ ކޮންޓްރެކްޓަރަކާއި ހަވާލު ކޮށްގެން ކޮށްފައިވާ މި މަސައްކަތަށް ސަރުކާރުން 40.25 ކްރޯރް އިންޑިއަން ރުޕީސް ހަރަދުވެފައިވާ ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސ

    އިންޑިޔާއިން އަޅާ ބުރިޖުތަށް މައްޗައް އަރަންޖެހޭނީ އެހެންވީމާ ލައިފް ޖެކެޓު އަޅައިގެންތިބެތާ.

    11
  2. ދަރަނި ދަންތުރަ

    ތިލަ މާލެ ބުރިޖުގެ ހާލަކީ ކޮބައިބާ ؟

    10
  3. Anonymous

    "އިތުބާރުނެތް ޒަމާނާ
    ވަކިވީ ހިތާފުރާނާ....."

  4. ކޮއްޔާ

    ތިލަމާލެ ބްރިޖްއަށް ވާނީ ކިހިނެތްބާ // ރަނގަޅު ގޮތަކަށް ގޮއްސިއްޔާ ރަނގަޅު //

  5. Anonymous

    މިގައުމުގަ ތިޔަކަހަލަކަމެއް އިނޑިޔާ ލައްވާނުކުރުން އެދެން ، އެއްވެސް ކަހަލަ ބުރިޖެއް.

  6. އަހައްމަދޫ

    މިތާ އަޅާ ބުރިޖަށް ތިހެން ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު