ސްރީލަންކާގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާ ކުރިއަށް ގެންދަންވާނެ ކަމަށް އެގައުމުގެ އާ ބޮޑު ވަޒީރު, ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަނިލް ވިދާޅުވީ، އެގައުމުގެ ސަރުކާރާއި ދެކޮޅަށް ގޮޓަގޯގަމާގައި ކުރަމުން އަންނަ މުޒާހަރާ ހުއްޓުވާނުލާނެ ކަމަށާއި އަދި ރައްޔިތުން މުޒާހަރާ ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވެސް މީގެ ފަހުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ނުނިކުންނާނެ ކަމަށާއި ގާނޫނު ހަދާ މަޖިލީހުގައި އޭނާއަށް އޮތް އަގުލަބިއްޔަތު ދައްކާނެ ކަމަށް ރަނިލް ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާ އަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމާއި ގުޅިގެން އެގައުމުގައި ކުރިއަށް ދިޔަ ސިލްސިލާ މުޒާހަރާ ހޯމަ ދުވަހު ހޫނުވީ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ސަރުކާރާއި ދެކޮޅު މީހުންގެ މުޒާހަރާގެ ތެރެއަށް ވަދެގަތުމުންނެވެ. އޭގެ ފަހުން އެގައުމުގެ އޭރުގެ ބޮޑު ވަޒީރު މަހިންދަ ވަނީ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ.

އެގައުމުގައި ކުރަމުން އަންނަ މުޒާހަރާ ހޫނުވެ، ސަރުކާރުގެ ބައެއް އިސްވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ގެތަކާއި ކާރުތަކުގައި ވަނީ ހުޅުޖަހައި ބޮޑެތި ހަމަ ނުޖެހުންތައް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯހަލަކު

    ބުރާންޗެއްތަ

  2. މމ

    2012 ގައި ނަޝީދުގެ ވެރިކަން ވެސް ނިމުމަކަށް އަންނަން ޖެހުނީ އެމް.ޑީ.ޕީ މެމްބަރުން އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ނިކުތުމުންނެވެ. ލަންކާ އަށްވެސް މި ދިމާވީ ހަމަ މި ދަތުރެވެ.

  3. Anonymous

    އާނ ބަރާބަރު