އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19ގައި މީހަކު މަރުވެއްޖެއެވެ.

އުތުރު ކޮރެއާއިން ކޮވިޑްގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން ކަށަވަރުކޮށްދީފައިވާއިރު، އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ އިތުރު އެތައް ހާސް ބަޔަކަށް ހުން އައުމުގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ.

ދައުލަތުގެ މީޑިއާއިން ބުނީ އޮމައިކްރޯން އަށް ފައްސިވި އެކަކު މަރުވެފައިވާ ކަމަށާއި، ހުން އައިސް އުޅުނު ހަ މީހަކުވެސް މަރުވެފައިވާ ކަމަށެވެ.

އަދި ހުން އައިސްގެން އުޅޭ 187،000 މީހަކު އެކަހެރިކޮށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

އެގައުމުގައި ކޮވިޑް އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑްގެ ފުރަތަމަ ކޭހެއް ފެނިފައިވާކަން އިއުލާނު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އުތުރު ކޮރެއާއިން ވަނީ، ވެރިރަށް ޕިޔޮންގްޔަންގްގައި އޮމިކްރިން ވޭރިއަންޓްގެ "އައުޓްބްރޭކެއް: އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި ފުރަބަންދުކޮށް ފިޔަވަޅުތައް އިއުލާނު ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. ނަމަވެސް އެ ގައުމުން ފެނުނު ކޮވިޑް ނަމްބަރުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު