އިންޑިއާގެ ޖައްމޫގެ ކަތުރާ ޓައުން ކައިރިން ދަތުރުކުރަމުންދިޔަ ބަހެއްގައި އަލިފާން ރޯވެ ހަތަރު ފަސިންޖަރުން މަރުވެ އިތުރު 20 މީހުން ޒަހަމްވެއްޖެއެވެ.
އެ ބަހަކީ ހިންދޫ އަޅުކަން ކުރުމަށް ދާ އަވަށަކަށް ދިިޔަ މީހުން ގޮވައިގެން އަނބުރާ ދަތުރު ކުރަމުންދިޔަ ބަހެކެވެ. އެ ބަސް ދަތުރު ކުރަމުން ގޮސްފައި ވަނީ ކަތުރާ ޓައުން އިން ޖައްމޫ އަށެވެ.
ކަތުރާ އަކީ އެ އަޅުކަމަށް ޒިޔާރަތްކުރާ މީހުންގެ ބޭސް ކޭމްޕެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު ކަށަވަރު ކޮށްދެއްވަމުން ޖައްމޫ ޒޯންގެ ފުލުހުންގެ އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް (އޭޑީޖީ) މުކޭޝް ސިންހް ވިދާޅުވީ، މި މައްސަލައިގެ މިހާތަނަށް ހޯދި ހޯދުންތަކުން އެނގުނުގޮތުގައި، އެ ބަހުގައި އަލިފާން ރޯވީ ބޮމެއް ގޮއްވާލުމުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު އެނގުމާއެކު ފޮރެންސިކް ތަޖުރިބާކާރުން ވަގުތުން އެ ސަރަހައްދަށް ފޮނުވައި، އަލިފާން ރޯވާން ދިމާވި ސަބަބު އޮޅުން ފިލުވުމުގެ މަސައްކަތް ފެށި ކަމަށެވެ.
އަލްހަމްދުލިﷲ
ތީގަ މުސްލިމުން ތިބީމާ ރޯކޮށްލީކމަށްވާނީ ނޫނީ މުސްލިމުންނަށް ތާއިޑުކޮށް ވާހަކަދައްކާ ބަޔަކު ތިޔަބަހުގައި ތިބީމާ މޯދީގެ އަމުރަށް ރޯކޮށްލާނީ!