ބެލްޖިއަމްގައި މަންކީ ޕޮކްސް ޖެހޭ މީހުން 21 ދުވަހަށް ކަރަންޓީން ކުރަން ނިންމައިިފިއެވެ.

ބެލްޖިއަމުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އިނގިރޭސިވިލާތުގައި މި ބަލި ޖެހޭ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

ބެލްޖިއަމްގެ ހެލްތް އޮތޯރިޓީތަކުން ބުނީ، އެ ގައުމުގައި މި ވައިރަސް ޖެހޭ މީހުން ތިން ހަފްތާއަށް އެކަހެރިވާން ޖެހޭނެ ކަމަށެވެ.

އެ ގައުމުން މި ބަލީގެ ތިން ވޭދަނަ ވަނީ ފެނިފައެވެ.

އެގައުމުން އެންމެ ފުރަތަމަ މި ބަލީގެ ވޭދަނައެއް ފެނުނީ ހުކުރު ދުވަހުއެވެ. މި ތިން ވޭދަނައަކީ ޕޯޓް ސިޓީގައި ބޭއްވި ފެސްޓިވަލްއަކާއި ގުޅުން ހުރި ވޭދަނަތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަންކީޕޮކްސް އަކީ ވައިރަސްއެއްގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމުން މިހާތަނަށް މި ބައްޔަށް ފަރުވާ ކުރުމަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

ބީބީސީގެ ރިޕޯޓްތައް ބުނާގޮތުގައި، މި ރޯގާގެ ސަބަބުން ސައިންސްވެރިންނަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް، މިއީ ފަސޭހައިން މީސްތަކުންގެ މެދުގައި ފެތުރޭ ވައިރަހެއް ނޫނެވެ. އަދި އާންމުންގެ މެދުގައި މި ބަލީގެ ނުރައްކާ ކުޑަ ކަމަށް ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ބުނާ ގޮތުގައި މި ބަލި ޖެހޭ މީހުންނަށް މާބޮޑުވަރެއް ނުވާ ކަމަށާއި، ގިނަ މީހުން މަދު ހަފުތާތަކެއްގެ ތެރޭގައި ރަނގަޅުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނެފައިވާގޮތުގައި، އެ ބައްޔަށް ޝައްކުކުރެވޭ އިތުރު 50 ވޭދަނައެއް ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ކޮން ގައުމުތަކެއްގެ ވޭދަނަކަން ހާމަނުކޮށް ޑަބްލިވްއެޗްއޯ އިން ބުނީ ބަލިޖެހިފައިވާ މީހުންގެ އަަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    އެތިކޮޅެއް ކާލާނެ ދެވަނަ ފުރުސަތު ދޯ

    17
    2
  2. ރައްދެ

    ހަބަރު ފަތުރަންޔާ އެކަމަކާ ގުޅޭ ހުރިހާ މައުލޫމާތެއްދީބަލަ، މިބައްޔަކީވެސް ގައިންގަޔަށް އަރާ ބައްޔަކީތަ؟؟

  3. ާއަންނި

    ހޭބަލި ވެގެން އަހަރު ދެކޮޅު ދިންވަރަކަށް ގޮތްނޭނގޭ ވެކްސިން އަދިވެސް ވާނެ ޖަހަން

  4. Anonymous