ހަށި ވިއްކުމަކީ ހުއްދަ ކަމެއް ކަމުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އިންޑިއާގެެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، ހަށިވިއްކުމުގެ މަސައްކަތަކީ "ޕްރޮފެޝަނެއް" ގެ ގޮތުގައި ބަލައިގަނެ، އެ "ފަންނުގައި" މަސައްކަތް ކުރާ މީހުންނަށް ގާނޫނުގެ ދަށުން ކަރާމާތާއި ހަމަހަމަ ރައްކާތެރިކަން ލިބުމުގެ ހައްގު ލިބިދޭން ޖެހޭނެ ކަމަށެވެ.

މިކަމުގައި ހަރަކާތްތެރިވާ ބޮޑެތި މީހުންނާ މެދު ޖިނާއީ ފިޔަވަޅު ނޭޅުމަށާއި، ހަށިވިއްކާމީހުންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވައިގެން ނުވާނެ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

"ހަށިވިއްކާ މީހުންނަށް ގާނޫނުން ރައްކާތެރިކަމާ ހަމަހަމަކަން ލިބުމުގެ ހައްގު ލިބިގެންވޭ. އުމުރާއި ރުހުމުގެ މައްޗަށް ބިނާކޮށް، ހުރިހާ މައްސަލަތަކެއްގައިވެސް ޖިނާއީ ގާނޫނު ހަމަހަމަކަމާއެކު ތަންފީޒު ކުރަންޖެހޭނެ. ހަށިވިއްކާ މީހާއަކީ ބޮޑު މީހެއްކަމާއި، އޭނާ ބައިވެރިވަނީ ރުހުމާއެކުކަން ސާފުކޮށް އެނގިއްޖެނަމަ، ފުލުހުން ނުފޫޒު ފޯރުވުން ނުވަތަ ޖިނާއީ އެއްވެސް ފިޔަވަޅެއް ނޭޅޭނެ”. ގާނޫނުގެ ދަށުން ހަށިވިއްކާ މީހުންނަށް ބާރުތަކެއް ދިނުމަށްފަހު ޖަސްޓިސް އެލް ނަގެސްވަރާ ރާއޯ އިސްކޮށް ހުރެގެން ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރި އަމުރުގައި ވެއެވެ.

ހަށިވިއްކާ މީހެއްގެ ދަރިފުޅަކީ ހަމައެކަނި ޖިންސީ ވިޔަފާރީގެ ތެރޭގައި އުޅޭ ކުއްޖެއް ކަމަށް ބުނެ، ހަމައެކަނި މައިމީހާއާ ވަކިކޮށްގެން ނުވާނެ ކަމަށް ކޯޓުން ނެެރުނު އަމުރުގައި ވެއެވެ. މީގެ އިތުރުން، ކުޑަ ކުއްޖަކު ހަށިވިއްކާ މީހުންނާ އެކު ދިރިއުޅޭތަން ފެނިއްޖެނަމަ، އެ ކުއްޖާ ޓްރެފިކްކޮށްފައިވާ ކުއްޖެއް ކަމަށް ހީކޮށްގެން ނުވާނެކަމަށް ވެއެވެ.

"ހަށިވިއްކާ މީހެއްގެ ދަރިއަކީ އަމިއްލަ ދަރިއެއްކަމަށް މީހަކު ބުނެފިނަމަ އެ ވާހަކައަކީ ސައްހަ ވާހަކައެއްތޯ ބެލުމަށް ޓެސްޓްތަކެއް ހެދިދާނެ،" ކޯޓުގެ އަމުރުގައިވެ އެވެ.

އިންޑިއާއިން ވަނީ މީގެ ކުރިން އެއްޖިންސުން ގުޅުން ހިންގުމާއި، ޒިނޭކުރުމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޕޮގުބާ

    އިންޑިޔާ މީހުންނަކީ މަގުފުރެދިފަވާ ބައެއް

    151
    6
    • ނައިކީ

      ގުއި އިންޑިއާ އެކަނި؟؟ ޗައިނާގައާ ހުޅަނގާ އެފަދަ ޢައިރު މުސްލިމު ހުރިހާ މީގެ 2000 އަހަރު ކުރިންވެސް ހުއްދަ.. މި މީހުުން ސުރުހީ ހަދާގޮތުން ހީވަނީ އިންޑިޔާއިން އެކަނި އަލަށް ކޮށްގެން އުޅޭކަމެއް ހެން

      14
      59
      • އަލީ

        ކަލޭ ކިތައްމެ ދެރަވިޔަސް އެއީ ބޮޑެތި ފާފަތައް!! ކަލޭ އެކަމައް ކިތައްމެ ތާއީދުކުރިޔަސް އެއީ ނުބައި ނުލަފާ ކަންތައްތައް!! އިންޑިޔާއާ ކިތައްމެ ހިތާހިވަސް އެއޮތީ ނުބައިކަމަކައް ހުއްދަދީފަ!!

        21
      • Anonymous

        އިންޑިއާ އަށް ތާއީދު ތިދެނީ. ކަލޭ ތީ މުސްލިމެއްތޯ ސުވާލުކޮށް ލާން ބޭނުން.!!

        16
        1
      • ޖިންނި_®

        އަސަރުކުރުމަކީ ހުއްދަކަމެއް. ނައިކީ ހަލާކުވެއްޖެ. އެހެންވެ މިބުނަނީ ކަލޯމެން (އިންޑިއާ މިލިޓަރީ މިތާއޮންނަން ސަޕޯރޓްކުރާ ބައިގަނޑު) ތީ އެއްވެސް ދުރުސުލް އަޙްލާގުެއްނެތް ގެރިތަކެކޭ.
        ދިރުވާލަން ނުކެރޭވިއްޔަ. ހަށިވިއްކާގެން ލާރިހޯދުން ކަލޯމެން ސަރުކާރު އޯކޭއޭ ބުނީމަ ކަލޯއަށް ގޯހެއްނުވިވިއްޔަ. ހަމައެނި މިހިސާބުންވެސް ކަލޯމެންނާ އަހަރެމެންނާ ހުރި "ތަފާތުކަން" ސާބިތުވެއްޖެ. ރޭގަނޑާ ދުވާލުގެ ތަފާތު. އެހެންވެ މިބުނަނީ އިންޑިއާ އައުޓް. ހަމަ އައުޓް. މޯދީ އައުޓް. ނައިކީ އައުޓް. އާކޮޅަކަށް ނައްޓައިލާ ނައިކީ ބައްޔާ!!

  2. ޣަނީ

    ހިތާމަހުރި، ހެއްދެވި ފަރާތުގެ ކޯފާ އަކަށް އާޚިރަތަށްވެސް ބެލުމެއްނެތް..ހާދަ ދެރަ ކަމެކޭ.

    152
    2
  3. ޑިމްކޮރަޓިކްޕާތީޖަގަހައިން

    މިކަހަލަ ބަޔަކާ ގުޅުން ބަދަހި ނުކުރެވޭނެ

    146
    5
    • އަސްލޭ

      އެގެންވީމަ ސައުދީ އީރާނު ކަހަލަ ދެތިން ޤައުމެއް ފިޔަވާ ހިރިހާ ޤައުމަކާ ގުޅުން ކަނޑާލަންތާ ޖެހޭނީ..

      24
      21
      • އިރމމ

        އިރާނުގަވެސް ހުއްދަ، "ކުލި ކައިވެނީ"ގެ ގޮތުން

        3
        1
        • ކަތްދަ

          ޢީރާނުގަ ގިނަވާނީ މުސްލިމުންނަށް ނުހިމެނޭ ޝީޢީން. މިބުނީ ޝީޢީންގެ ތެރޭގަވެސް ތިބޭނެ ހައްދުން ނެއްޓިފަ ތިބޭ ބަޔަކު އެއީ ރަސޫލާ ގަބޫލު ނުކޮށް ރަސޫލާގެ މަގާމަށް ޢަލީގެފާނު ގެނެސް ގެން އުޅޭ ބަޔަކު.އެފަދަ މީހުން ކޮށްފާނެ ތިޔަފަދަ ކަންތައް.

      • ޖިންނި_®

        ހަޖަމް ބުރޯ

  4. ބޯޑީ

    އިންޑިޔާގައި ހަށިވިއްކުންވެސް ދެން ތިހުއްޓުނީ. އެމީހުން އެކަން ކުރަނީ ހުއްދަ ނޫން ކަމެއްވީމަ. ދެން ކުޑަކުދިންގެ ރޭޕް ކޭސްތައް އިތުރުވާނެ. އެކަން އަދި ހުއްދަ ނުވާތީ.

    72
    5
    • Anonymous

      އިންޑިއާ އަށް ތާއީދު ތިދެނީ. ކަލޭ ތީ މުސްލިމެއްތޯ ސުވާލުކޮށް ލާން ބޭނުން.!!

      6
      1
  5. ހުސޭނުބޭ

    ދެން ރޭޕްވެސް ޤާނޫނީގޮތުން ހުއްދަކޮށްފާނެ

    80
    5
    • ޢަންމަޓީ

      ޢިންޑިއާއަކަށް ނޫންތާ އެތާއީދު ކުރަނީކީ ﷲ ނުރުއްސަވާ އެކަމާ ގާތްވެސް ނުވުމަށް އަންގަވާފައިވާ ކަމެއް ކުރުމަށް ތާއީދު ކުރަނީ.މުސް ލިމެއް ކަމާމެދުވެސް ޝައްކު އުފެދޭ ހިސާބބަށް ތިޔަ ދިޔައީ.

  6. މޯދި

    ދެން އިންޑިޔާގެ ގާނޫނު ހިނގާ ހުރިހާ ސަރަހެއްދެއްގައިވެސް(މަހަލްދީފް) ވެސް ހިމެނޭ ގޮތަށް ތި އަމުރު ތަންފީޒުކުރެވޭނެ!

    84
    12
  7. فاطمة

    މުސްލިމުންނަށް އަނިޔާދޭނެ މަގެއް ކޮށީދޯ؟ އިންޑިޔާގެ ސަރުކާރު ނެތިކުރެއްވުމަށް އެންމެހާ މުސްލިމުން ދެއަތް އުފުލާ ދުއާކުރުން އިތުރުކުރަންޖެހޭ، اللهم بوكيل.

    140
    4
  8. Anonymous

    މިވަރު ބަޔަކާ މިޤައުމުން ގުޅުން ޤާއިމުކޮށް ބައިޔަތު ހިފުމަކީ ހުއްދަވާނެކަމެއް.
    މިޤައުމުގެ ވެރިން ޤިޔާމަތްދުވަހަށް ބިރުވެތިވެބަލަ.
    ދުނިޔޭމަތީ އަތުވެދާނެ ކޯފާޔަކަށް ވިސްނަބަލަ.

    49
    1
  9. ބީރުބޮލު ވަޒީރު

    ޔަހޫދީ ފުރީމޭޝަން ގުރޫޕުން މުޅި ދުނިޔެ މިދަނީ ފަސާދަކުރަމުން. ﷲ ގެ ކޯފާ އަންނާނީ ކޮން އިރަކުން ކަމެއް ނޭނގޭ. ﷲ އަށް ބިރުވެތިވޭ.

    54
    2
  10. Anonymous

    އަޅުގަނޑު އަޑުން އަޑުނަގާ ސަރުކާރަށް ގޮވާލަމެވެ.
    ދިވެހީންގެ އަޤީދާއާއި މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތަކާއި ދެކޮޅަށް، އިންޑިޔާ ސަރުކާރުން ބޭނުންވާ ގޮތަށް ދީނުގެ ޙުކުމްތަކާއި ޤާނޫނުތައް ސަރުކާރުން ބަދަލުކޮށްފާ، އެމީހުންގެ އެހީ ހޯދަން ނަހަދާށެވެ. އެހެން ހެދީމާ، އެމީހުން އެހީ ދީފާނެއެވެ. އެކަމަކު އެޔަކު އިޚްލާސްތެރިކަމެއް ނުހުންނާނެއެވެ. އެއީ ދުނިޔަވީ އެއްޗެކެވެ. އެހެންކަމުން ހިންދުސްތާނުގެ އެހީ ނުލިބިދާނެތީ ދިވެހި ދަޢުލަތް އެމީހުންނާ ހަވާލުކުރައްވަން ނަހަދާށެވެ.
    މިފަދަ ލަދުޙަޔާތްކުޑަ ޤާނޫނަކުންވެސް، ސަރުކާރަށް އެއްޗެއް ވިސްނިއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު.

    57
    1
  11. ޛަނާ

    ޢިންޑިޔާ ގައި ކަންކުރާ ބީދައިން ކޮންމެ ކަމެއް ވެސް ކުރަން ޖެހޭނެ ކަމަށް ފެންނަ ބަޔަކު މިޤައުމުގައި ވެސްތިބިޔޯލައެވެ.

    37
    3
  12. ފަގުޑި

    ހަމަކަށަވަރުން ދެފަރާތެއް ރުހި އެއްބަސްވެއްޖެޔާ ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ.

    7
    51
    • ދެމީހާ

      ދެމީހުން ރުހިގެން ތިންވަނަ މީހަކު ވެސް މަރަންވީތާ ތިވާގޮތުން....

      4
      1
    • ކޭ

      އާންފަހެ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިން ވިސްނުންތެރިކަމާއެކު ކުރުމަކުން ކޮބާ މައްސަލައަކީ އެކަމުންވާ ގެއްލުމެއްވެސް ނޯންނާނެ މި އެޒަމަނެއް ނޫނޭ

      2
      5
      • Anonymous

        ޒިނޭކުރާ މީހުންނަށް ޤިޔާމަތްދުވަހުން ލިބެން ހުރި އަޒާބު އޮތީ ކުރިޔަށް..ރައްކާތެރި ފިޔަވަޅު މިދުނިޔޭގަ އަޅައިގެން ކިތަންމެ ބޮޑު ނުބައިކަމެއްވެސް ކުރެވިދާނެ..އެކަމަކު އޭގެ ރަހަ އިންސާނާ ކޮންމެވެސް ސިފައެއްގަ ދެކޭނެ..މިދުނިޔޭގަވެސް އަދި އާޚިރަތުގަވެސް..ކޮންމެ މީހަކު ކުރިޔަސް ނުބައިކަމެއް ވާނީ ހަމަ ނުބައިކަމަކަށް..އޭގެން ހެވެއް ނުނުކުންނާނެ..

      • ހަސަނުގެ ދަރި ލަތީފް

        ﷲ ނުރުއްސަވާ އެކަމާ ގާތްވެސް ނުވާން އަންގަވާފަވާ ކަމެއް ކުރުމަށް ތިޔަބުނަނީ ދެފަރާތް އެއްބަސް ވެއްޖިއްޔާ ކޮބާހޭ މައްސަލައަކީ . ﷲ ތިބާއަށްް ހެޔޮ ވިސްނުން ދެއްވާށި އާމީން.

  13. ރަން ރީނދޫ

    އަޖާބެއް. ހަށީގެ ކޮންތަނެއްތަ ވިއްކަން ހުއްދަ މި ދިނީ. ކިޑްނީތަ،ފުރަމޭ ތަ ނޫނީ ހިތްތަ؟

    9
    18
  14. ރޭޕިސްތާނު

    ދިވެހިންނޭ ސަމާލުވާތި. ދެން ފެންނާނީ އެގައުމަށްދާ ޅަ ޒުވާން އަންހެން ކުދިން ވަގަށް ނަގައިގެން ތިޔަ ޖަރީމާ ހިންގާތަން. ދިވެހި ޒުވާން އަންހެން ކުދިންނޭ ސަމާލުވާތި އިންޑިއާއަށް ދިއުމުގައި. އިންޑިއާ ފުލުހުންނަށް ޤާނޫނީ ގޮތުން މިހާރުތިޔަކަމެއް ނުހުއްޓުވޭނެ. ޚާއްޞަކޮށް މުސްލިމުން ރޭޕް ކުރުމަށް ކޮށި ޤާނޫނީ މަގެއް.

    20
  15. ޖުލައި

    އެމްޑީޕީގެ ވަޢުދުނާމާގައި ބިރަކާ ނުލާ މަޖާކުރުން އޮތީ މިހެންވެގެންތަ؟ .ހަމަ ހީވާތީ އަހާލީ.

    17
  16. މަރުމޯލް

    އެހެންވީމަ ތިކަމާ ގުޅިގެން ރާއްޖެއިން އަދި މިހާރަށްވުރެވެސް ބޮޑަށް އިންޑިއާ އާއި ގުޅުން ބަދަހި ކުރަން ވީ އެއްނު

    7
    4
  17. ޏީޏޫ

    ދެން ރޭޕްވެސް ޤާނޫނީގޮތުން ހުއްދަކޮށްފާނެ

    14
    1
  18. ބޯހަލާކު

    ތީ ވެސް ކުރިއަށް ދާން ރަގަޅު ދާއިރާއެއް ކަމަށްވީނު.. ދެން ފެންނާނީ ތި ދާއިރާއިން ކުރިއަށްދާން ކުދިން ތަމްރީނު ކުރާ ކޮލެޖުތައް ހުޅުވާތަން. ޑޮކްޓަރުކަން އިންޖީނިއަރުކަން ކިޔަވަދޭގޮތަށް ލަހެއްނުވެ ކޮލެޖު އޮފް ޕުރޮސްޓިޓިއުޝަން ކިޔަވަދޭން ތަނެއް ހުޅުވާނެ.

  19. އަޙްމަދު

    ހައްދުފަހަނައަޅާފައިވާ ޤައުމެއްގަ ހުރިހާ ނުބައި ޖަރީމާތަށް ހިންގާނެ އެހެނޭކިޔާފަ ދިވެހިރާއްޖޭގެ މުސްލިމް އަހުންނާއި ޢުޙްތުންނަކީ އެފަދަ އެއްވެސްކަމަކަށް ތާޢީދުކުރާނެ ބައެއްނޫން.

  20. 🤢

    މާތްﷲ ހަނދުމަނުކުރާ ހިތްތަކުގެ މިސާލަކީ މަރުވެފައިވާ ހިތްތަކެއްގެ މިސާލް

    11
  21. ދަރި

    މާތްﷲއަށް ޝަރީކުކޮށް ގެރިއާ ހިލައިންހަދާފައިވާބުދަށް އަދި އެހެންތަކެއްޗަށް އަޅުކަން
    ކުރުމާ ރޭޕްކުރުން ޙައްދުފަހަނައަޅާފައިވާ ގައުމެއްގެ ސްޕްރީމްކޯޓުން ކަނޑައަޅާފާނެ ރޭޕްކުރުންވެސް ހުއްދަކަމަށް އަދި ދިވެހި ގައުމަކީ އިންޑިއާގެ ތަނެއްކަމަށް ވީމާ. މުސްލިމް
    ގައުމަކަށް މިވަރުރުގެ ގައުމަކުން ހެވެއްއެދޭނެކަމަކަށް ނުބެލެވޭ ނަމަވެސް ހިތާމައަކީ
    މި ދިވެހި ލޮބުވެތި ވަތަންވަނީ އަމިއްލައެދުމުންފޯވެފައިވާ ބައެއްގެސަބަބުން އިންޑިއާގެ އަޅުވެތިކަމުގެ ދަށުވެދާނެކަމުގެ މަރުހަލާގައި ވީމާ، މިކަމުން ސަލާމަތްކުރުމަށް ގައުމަށްލޯބި
    ހުންން ގައުމުގެދަރިން އަޑުއުފުލުމުން އެއަޑުކަނޑުވާލަން އަޑުއުފުއްލަވާފަރާތްތަކަށް އަނިޔާވެރިވޭ

  22. މކލރށ

    މޯދި އަށް سلام! ތިޔަފާލުކުރެއްވި خيال އަކީ މި ވަގުތު މިރާއްޖެ މިސްރާބު ޖަހާފައިވާ ފަލްސަފާ. މި ދަވްރު ނިމެންވާއިރަށް މިރާއްޖޭގެ ހުރިހާ ކޯރޓްތަކެއް އޮޕެރޭޓްކުރާނީ އިންޑިޔާގެ ސުޕްރީމް ކޯރޓުގެ ބެލުމުގެ ދަށުން. އަދި މި ރާއްޖޭގެ ހުރިހާ مؤسسة ތަކެއްގެ މައްޗަށް އަމުރު ހިންގާ އިސް ފަރާތަކީ عزة ތެރި، ލާދީނީ އައްނި ކަމަށް رعية ންގެ مجلس އިން قرار އެއް ފާސްކުރާނެ! 😭 مجرب!

  23. ފާތުމާ

    މާތްﷲ މިފަދަ ނުބައި އަމަލު ކުރުމަށް ހިއްވަރުދޭ މީހުންނާއި އެކަމުގައި ޝާމިލްވާ އެންމެންނަށް ނުބައި ބަޔެއްޖައްސަވާ އެމީހުން ނެތި ކުރައްވާ ދިރިތިބީންނަށް ޢިބްރަތެއްކަމުގައި ލައްވާންދޭވެ.
    އާމީން