އިންޑިއާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އެތެރެ ކުރާ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިއަދު ބުނީ ޕެން އިންޑިއާގެ "ބޮޑު" ހެރޮއިން ޓްރެފިކިން ނެޓްވޯކެއް ހޯދައި އަށް މީހަކު ހައްޔަރުކޮށް ގާތްގަނޑަކަށް 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އެންސީބީގެ ބަޔާނުގައިވާ ގޮތުން އެ އޮޕަރޭޝަން ފެށީ މެއި 24 ވަނަ ދުވަހު ފެޑެރަލް އެންޓި ޑްރަގް އެޖެންސީން ޒިމްބާބުވޭއިން ބެންގަލޫރަށް ފޭބި ދެ އަންހެން ފަސިންޖަރަކު ހިފަހައްޓައި އެމީހުންގެ އަތުން ގާތްގަނޑަކަށް ހަތް ކިލޯގެ ހެރޮއިން އަތުލައިގަތުމަށްފަހު އެވެ.

އެގޮތުން އެމީހުންނާ ސުވާލުކުރުމުން އެންސީބީގެ އޮފިޝަލުންނަށް އެކިއެކި މި މަސްތުވާތަކެތީގެ އެހެން ނެޓްވޯކްތައް ފަޅާއެރިއެވެ. އޭގެ ތެރޭގައި އެ ނެޓްވޯކްގެ "ކިންގްޕިން" ގެ ގޮތުގައި ފާހަގަކުރެވޭ ނައިޖީރިއާގެ ރައްޔިތަކާއި ދިއްލީގައި މަޑުކުރާ އެހެން އޮޕަރޭޓަރުންނާއި، މަދްޔަ ޕްރަދޭޝްގެ އިޓާސީގައި ދިރިއުޅޭ އޮޕަރޭޓަރުން ފަޅާއެރިއެވެ.

މި އޮޕަރޭޝަނުގައި 34.89 ކިލޯގެ ހައި ގްރޭޑް ހެރޮއިން އެންސީބީން ވަނީ އަތުލައިގަނެފައެވެ. އަދި އެ މައްސަލައިގައި 8 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނައިޖީރިއާގެ މީހެއްގެ އިތުރުން އިންޑިއާ ހަތް މީހެކެވެ.

މިއީ މުޅި އިންޑިއާގައި ހިންގާ ހެރޮއިން ޓްރެފިކިންގެ ބޮޑު ނެޓްވޯކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންސީބީގެ އިސް އޮފިސަރަކު ވިދާޅުވެފައިވާގޮތުގައި، އެފްރިކާގެ ބައެއް ގައުމުތަކުގެ ރައްޔިތުން ކަމަށް ބުނާ އިތުރު ތިން އަންހެނަކާއި ގުޅޭ މިފަދަ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި އެމީހުންނާ ދެކޮޅަށް އެ އިދާރާއިން ހެކި އެއްކުރުމުން އެމީހުން ހައްޔަރުކުރާނެ ކަމަށް ބުނެފައި ވެއެވެ.

އެ ބަޔާނުގައިވާ ގޮތުން އެ އޮޕަރޭޝަންގެ ތެރެއިން 5.8 ލައްކަ ރުޕީސް ފައިސާ ވެސް ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    1 ބިލިއަނަށް ވުރެ ގިނަ މީހުން އުޅޭ އިންޑިޔާ އަށް ވުރެ 5 ލައްކަ ހަމަ ނުވާ ރާއްޖެ އުޅެނީ މާކުރިގަ އެވެ.

    21
    • ހަހަހަހ

      އިންޑިޔާ އަކީ ކޮރަޕްޝަނުގެ އެންމެ ކުރީގާ އުޅޭގައުމު، ސަރުކާރުތެރޭން ހިންގާ ޖަރީމާތަށް ތީ، ރައްޖޭއަކީ މަނީލޯންޑްރިނގެ ހަބެއް.

  2. Anonymous

    ބިޔަބޮޑު އާބާދީއަކުން އެންމެ 35 ކިލޯ ޑުރަގު ފެނިގެން އެމީހުން ކަންބޮޑުވެގެންއެއުޅެނީ. މިތާނގަ ޓަނުން އެތެރެކުރާތީ އަދި ޑެޑުލީ ގޭންގުތައް އުޅޭތީ ޕޮލިސް ކޮމިޝަނަރުމެން އެތިބީ ފަޚްރުވެރިވެފަ

  3. އަޙްމަދު

    ނަސީބެއްނު ރާއްޖެ އެތެރެނުވިކަން..