އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާއެކު ހުކުރު ދުވަހުގެ ހަވީރު އިންޓަނޭޝަނަލް ޓާމިނަލް އިން މީހުން ނެރުނު ކަމަށް ފުލުހުން ބުނެފިއެވެ.

އެހެން ނަމަވެސް ރޭ 12:00 އަށް އެ އެއާޕޯޓްގެ އިންޓަނޭޝަަލް ޓާމިނަލްގެ އޮޕަރޭޝަން ވަނީ އާއްމު ހާލަތަށް ގެނެސްފައެވެ.

ސެން ފްރެންސިސްކޯ ޕޮލިސް ޑިޕާޓްމަންޓުގެ މީޑިއާ ރިލޭޝަންސް ޓީމުން ހަވީރުގެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އޮފިސަރުންނަށް ބޮމުގެ އިންޒާރު ލިބުމުން "ޝައްކުކުރެވޭ ޕެކޭޖެއް" ފެނުނު ކަމަށެވެ.

އެ މައްސަލައިގައި އީއޯޑީ ޔުނިޓުން ތަހުގީގުތައް ފެށިިއެވެ. އަދި ތަހުގީގު ކުރިއަށްދިޔައިރު، މައުލޫމާތުތައް ދިޔައީ ފޯރުކޮށްދެމުން ގޮސްފައި ވެއެވެ.

އެކަމަކު ރޭގަނޑު ދަންވަރު ފަހުން އެ އެއާޕޯޓްގެ ޓާމިނަލް އާއްމު ހާލަތަށް ގެނެސްފައެވެ.

"ފުލުހުން ވަނީ އިންޓަނޭޝަނަލް ޓާމިނަލް ކްލިއާކޮށްފައި. އެސްއެފްއޯ އަލުން އާންމު އޮޕަރޭޝަންތައް ފަށައިފި."

އެ އެއާޕޯޓަކީ 2020 ވަނަ އަހަރު 3 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދިން އެއާޕޯޓެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި، ބޮން ކަމަށް ތުހުމަތު ކުރެވޭ އެތައް ޕެކޭޖްތަކެއް ބަލާފައި ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު