އެމެރިކާގެ މޮންޓާނާ ސްޓޭޓަށް އެރި ވެލީގެ ތޫފާނެއްގައި އެ ސްޓޭޓްގެ ހަލި މަގު (ހައިވޭގައި) ބައިވަރު ވެހިކަލްތައް އެކްސިޑެންޓްގައި ހަ މީހަކު މަރުވެއްޖެއެވެ.

މޮންޓާނާގެ ބިގް ހޯން ކައުންޓީގެ އިންޓަސްޓޭޓް 90 ގައި ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، 20 ވެހިކަލް އެއް ފަހަރާ އެކްސިޑެންޓްވި ކަމަށް ބުނެފައި ވެއެވެ. މޮންޓާނާ ހައިވޭ ޕެޓްރޯލް ސާޖަންޓް ޑރ. ޖޭ ނެލްސަން ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ އެކްސިޑެންޓްތައ ހިނގާފައި ވަނީ މޫސުން ގޯސްވުމުގެ ކަމަށެވެ.

"ބޮޑަށް ވައިގަދަވެ، ވެލީގެ ތޫފާނެއް އުފެދިގެން ދިޔަހެން ހީވޭ، އެހެންވެ މީހުންނަށް ކުރިމަތި ފެންނަ ވަރެއް ނުވި،" އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ޖުމްލަ އަދަދު ހައިވޭ ޕެޓްރޯލްއަށް ކަށަވަރު ނުވާއިރު، ނެލްސަން ވިދާޅުވީ އެހީތެރިވުމަށް ބިލިންގްސް އިން އިތުރު އެމްބިއުލާންސްތައް ގެންނަން ޖެހުނު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި އަސަލު ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި ކޮމެންޓް ނުޖަހާތި