މިހާތަނަށް 65 ގައުމަކުން މަކުނު ވިދުރި (މަންކީ ޕޮކްސް) ފެނިއްޖެއެވެ.

މަންކީ ޕޮކްސް ފެނިފައިވާ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވަނީ ސްޕެއިން އިންނެވެ. އެގައުމުން މިހާތަނަށް 3،063 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، 1،859 މީހުންނާއި އެކީ ދެވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެއްގެ ގޮތުގައި އޮތީ ޖަރުމަންވިލާތެވެ.

ތިން ވަނައަށް 1،856 މީހުންނާއި އެކީ އިނގިރޭސިވިލާތް އޮތްއިރު، ހަތަރުވަނައަށް 1،814 މީހުން ފައްސިވެފައިވަނީ އެމެރިކާއިންނެވެ.

މި ގައުމުތައް ފިޔަވައި ދެން މަކުނު ވިދުރި ފެނިފައިވަނީ ފްރާންސް، ނެދަލޭންޑްސް، ކެނެޑާ، ޕޯޗުގަލް، އިޓަލީ، ބްރެޒިލް، ބެލްޖިއަމް، ސުވިޒަލޭންޑް، އިސްރާއީލް، އޮސްޓްރިއާ، ޕެރޫ، ސުވެޑެން، އަޔަލޭންޑް، މެކްސިކޯ، ނޯވޭ، ޑެންމާކް، އޮސްޓްރޭލިއާ، ހަންގޭރީ، ޕޮލޭންޑް، ސްލޮވޭނިއާ، ޗިލީ، ގާނާ، ރޮމޭނިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޗެކް ރިޕަބްލިކް، ފިންލޭންޑް، ގްރީސް، އާޖެންޓީނާ، މަލްޓާ، ލަކްސެމްބާގް، ކޮލަމްބިއާ، އައިސްލޭންޑް، ސިންގަޕޫރު، ޕޯޓޯ ރިކޯ، ގިބްރަލްޓާ، ސާބިއާ، ބަލްގޭރީ، ކްރޮއޭޝިއާ، ދެކުނު އެފްރިކާ، ލަޓްވިއާ، ޖޯޖިއާ، ޓައިވާން އަދި އެސްޓޮނިއާ ހިމެނެއެވެ.

ދެން ތިބި ގައުމުތަކަކީ ކޮންމެ ގައުމަކުން ވެސް މަކުނު ވިދުރީގެ އެއް ވޭދަނަ ފެނިފައިވާ ގައުމުތަކެވެ. އެއީ ލުބުނާން، މޮރޮކޯ، ދެކުނު ކޮރެއާ، ވެނުޒުއެލާ، ކެންޏާ، ތުރުކީ، ބަހާމަސް، ޕަނާމާ، އެކުއާޑޯ، ޖަމައިކާ، ޑޮމިނިކަން ރިޕަބްލިކް، ސްލޮވޭކިއާ، ނިއުޒިލޭންޑް، އެންޑޯރާ، ރަޝިއާ، ބޮސްނިއާ، އިންޑިއާ އަދި ސައުދީ އަރަބިއްޔާއެވެ.

މި ގައުމުތަކުން މިހާތަނަށް ޖުމްލަ 13،012 މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.