އިސްރާއީލުން ފަލަސްތީނުގެ މަސްބޯޓަކަށް ހަމަލާ ދީފި ބޯޓު ސުންނާފަތި ކޮށްލައިފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ މަސްބޯޓަކަށް ހަމަލާ ދީފައިވަނީ ޢައްޒާ ކައިރިންނެވެ.

ހަމަލާގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯތަކުން ފެނިގެން ދަނީ ހަމަލާގެ ސަބަބުން ފަލަސްތީނުގެ މަސްބޯޓު އެއްކޮށް ހަލާކުވެފައިވާ މަންޒަރެވެ. އަދި ދޯނީގެ ބޮޑޫ ބައެއްގައި އަލިފާން ރޯވެފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެން ދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެ އެވެ.

އިސްރާއީލް އާއި ފަލަސްތީނުގެ ހަގުރާމައަށް އެތަށް އަހަރުތަކެއް ވެގެން ގޮސްފައިވާއިރު، އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ގިނަ ބަޔަކު މަރާލާފައެވެ. ހަތިޔާރެއް ނެތި އުޅޭ ފަލަސްތީންގެ ކުޑަކުދިންނާއި އަންހެނުންނަށް ވެސް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލްގެ ސިފައިން އާއްމުކޮށް ހިންގަމުން އަންނަ ޖަރީމާއެކެވެ. ނަމަވެސް މިފަދަ ޖަރީމާތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ވަނީ ފެއިލް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު