ޗައިނާގެ ވޫހާން އިން ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވާން ފެށުމުން އެ ސިޓީގެ ބައެއް ވިޔަފާރިތައް ބަންދުކޮށްފިއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްތައް ފެނުނު ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވޫހާން އަކީ އަށް މިލިއަނެއްހާ މީހުން ދިރިއުޅެމުން އަންނަ ސިޓީއެކެވެ.

ކަމާބެހޭ ފަރާތްތަކާއި ހަވާލަދީ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ކޮވިޑުގެ ވޭދަނަތަކެއް ފެނުމާއެކު އެ ސިޓީގެ ވިޔަފާރިތަކާއި އާއްމު ދަތުރުފަތުރު ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.

ކޮވިޑްގެ ބަލިމަޑުކަން ޗައިނާއިން އެއްކޮށް ނައްތާލުމަށް އެގައުމުގެ ސަރުކާރުން ފަށާފައިވާ ހަރުކގެ ސިޔާސަތުތަކާ އެއްގޮތަށް ކިތަންމެ ކުޑަކޮށް ކޮވިޑްގެ އަލާމަތެއް ފެނުނަސް އެގައުމުން ދަނީ ވަރަށް ސީރިއަސްކޮށް ފިޔަވަޅުތައް އަޅަމުންނެވެ.

ވުހާން އިން މިހާރު ފެނުނު ކޮވިޑް ވޭދަނަތަކާއި ގުޅިގެން އެ ސިޓީގެ ސިއްހީ ތަޖުރިބާކާރުން ވަނީ ބޮޑު ތަހުގީގެއްވެސް ފައްޓާފައެވެ. އަދި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެއްފަހަރާ އެތައް ހާސް ބަޔަކު ކޮވިޑަށް ސުންކު ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެ ސިޓީގެ ވިޔަފާރީގެ ހަރަކާތްތަކާއި، ދަތުރުފަތުރުކުރުން ހުއްޓުމަކަށް ގެނެސްފައިވާއިރު އަލަށް ފެނުނު ވޭދަނަ ފެތުރުން ކޮންޓްރޯލް ކުރުކުމަށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތައްވެސް ދަނީ އެކަހެރި ކުރަމުންނެވެ.

މި ސިޔާސަތުގެ ސަބަބުން ވޫހާން އާއި އެ ގައުމުގެ އެހެން ސަރަހައްދުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައި ވެއެވެ. ނަމަވެސް ޗައިނާގެ ސިޔާސަތަކީ ކޮވިޑަށް އެންމެ މީހަކު ވެސް ފައްސިވާނަމަ އެސަރަހައްދެއް ބަންދުކޮށްގެން ބަލި ނައްތާލަން މަސައްކަތް ކުރުމެވެ. އެސިޔާސަތައް އެހެން ގައުމުތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު