ސުލްހަވެރި މާހައުލެއް ބިނާކުރުމަށް އަފްޣާނިސްތާނަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ތާލިބާން ސަރުކާރުގެ ދާޚިލީ ވަޒީރު ސިރާޖުއްދީން ހަކާނީ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވަޒީރު ހަކާނީ މިގޮތަށް ވިދާޅުވީ ސީއެންއެން ނިއުސް18 އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައިއެވެ. އޭނާ ވިދާޅުވީ އަފްޣާނިސްތާނުގެ ތަރައްގީގެ މަސައްކަތްތައް އަލުން ފެށުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، މިއީ ހާލުގައި ޖެހިފައިވާ ގައުމަށް ލިބޭނެ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށެވެ.

"ސުލްހަވެރި މާހައުލެއް ގާއިމްކުރުމަށް އިންޑިއާގެ އެއްބާރުލުން ބޭނުންވޭ. ކަންކަން ރޭވުމުގައި އިންޑިއާގެ ފަންނީ އެހީތެރިކަން ބޭނުންވޭ. ނުނިމި ހުރި މަޝްރޫއުތައް ނިންމާލެވޭނެ ގޮތަކަށް މި ސަރަހައްދުގައި އިންޑިއާ އޮންނަން ޖެހޭ،" ޓީވީ އިންޓަވިއުއެއްގައި ހަކާނީ ވިދާޅުވިއެވެ.

ކާބުލްގައި ހުންނަ އިންޑިއާގެ އެމްބަސީ އަލުން ހުޅުވުމަށް އިންޑިއާއިން އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވަމުން ހަކާނީ ވިދާޅުވީ، ވިޔަފާރި ކުރާ ތަންތަނާއި، ޑިޕްލޮމެޓިކް އަދި ގައުމީ މުއައްސަސާތަކަކީ ރައްކާތެރި ތަންތަންކަން އަފްޣާނިސްތާނުގެ ސަރުކާރުން ކަށަވަރު ކޮށްފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އަލްގައިދާ އާއި ލަޝްކަރޭ ތައިބާއާ މެދު އިންޑިއާގެ ސަލާމަތީ ހިދުމަތްދޭ ތަންތަނުގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން އަފްޣާނިސްތާނުގެ ބިން އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އަވަށްޓެރި ގައުމުތަކަށާއި މުޅި ދުނިޔެއަށް ދޭ ކަމަށެވެ.

އަވަށްޓެރި ޕާކިސްތާން އިގުތިސާދީ ދަރަނީގެ ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި އޭޝިޔާގެ ގައުމުތަކަށް، މިހާރު ކުރިމަތިވެފައިވާ ކާރިސާގައިގައި ޕާކިސްތާނަށް އެހީވުމުގައި މުހިންމު އަދި ބޭނުންތެރި ދައުރެއް އަދާކުރެވިދާނެ ކަމަށް ހަކާނީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮޔަނިމޮސް

    ކީއްވެބާ މި ގުރޫޕް ފިރިހެނުން ބުރުގާ އަޅަނީ

    • ކޭ

      ކީއްވެ އަންހެނުން އެކަނި ނިވާކުރަންވީ އެމީހުން ނިވާކޮއްފަ ފިރިހެނުން ހުސްގަޔާއުޅެން އެއްވެސް ފެއާ ގޮތެއްނޫން.

  2. ސަގާފަތް

    އެއީ އެމީހުންގެ ޘަޤާފަތު. އަދި ރީއްޗަކަށް ވެސް ބައެއް މީހުން އެކަން ކޮށްއުޅޭ. މިދޭތެރެއިން އަހަރެންވެސް އެފަދަ ގޮތަކަށް ހެދުން އެޅިން. މާ ރީތި ކަމަށް ދައްކާ. އެމީހުންނަކީ އެމީހުންގެ ތަޤާފަތަށް ލޯބިކުރާ ބައެއް. ދިވެހީން ތާ މުންޑާ ބޮލުފޮށަޔާ ނަގާ އެއްލާލާފާ ހުޅަނގުން ގެނައި ކޮނޑުގެނޑިޔާ ފެޅި ޖިންސު ލައިގެން މި ތިބެނީ.

    4
    1