އިންޑިއާގެ ކަރްނާޓަކާގެ އުއްތާރަ ކަންނަޑާ އާއި ދަކްޝިނާ ކަނާޑާ ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި ހަ މީހުންގެ ތެރޭގައި ހިމެނޭ ދެ އަންހެނަކު ތިބީ އަތު ހިފައިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުުގައި، އުއްތަރަ ކަންނަޑާ ޑިސްޓްރިކްޓްގެ ބަޓްކަލް ތާލޫކުގެ މުއްޓަލީގައި ހުންނަ އެމީހުންގެ ގެއަށް ފަރުބަދައެއްގެ ބައެއް ވެއްޓި އާއިލާއެއްގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ.

އޭގެ އިތުރުން، ދަކްޝިނާ ކަންނަޑާ ޑިސްޓްރިކްޓްގެ ސުބްރަމަންޔާގެ ފަރާތުން ރިޕޯޓްކޮށްފައިވާ ހިތްދަތި އަނެއް ހާދިސާއެއްގައި ގޭގެ މައްޗަށް ފަރުބަދައެއްގެ ބައެއް ވެއްޓުނު ހާދިސާއެއްގައި މަރުވި ދެ އަންހެން ކޮއްކޮއަކު އަތުގައި ހިފައިގެން ތިބި ހާދިސާއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެއްބަނޑު އެއްބަފާ ދެބެންގެ ހަށިގަނޑުތައް ނަގާފައިވަނީ ދިގު މުއްދަތަކަށް ސަލާމަތީ އޮޕަރޭޝަނެއް ކުރުމަށްފަހުއެވެ.

މިދިޔަ ހޯމަ ދުވަހު މި ހިތާމަވެރި ހާދިސާގައި ކުސުމާދަރުގެ އަންހެން ދަރިން ކަމަށްވާ އުމުރުން 11 އަަހަރުގެ ޝްރޫތީ އާއި ހަ އަހަރުގެ ޖަނާނާޝްރީ މަރުވިއިރު، ދެ ކުދިންވެސް ތިބީ އަތުގައި ހިފައިގެންނެވެ.

ހޯމަ ދުވަހުގެ ހަވީރުން ފެށިގެން ސުބްރަމަންޔާއަށް ބޯކޮށް ވާރޭ ވެހުނު ކަމަށް ވެއެވެ. އަދި ރޭގަނޑު 7:00 ޖަހާކަންހާއިރު ބާރު އަޑެއް އިވިގެން، ގޭގެ ޕޯޓިކޯގައި ފޮތެއް ކިޔަން އިން ޝްރޫތީ، ދުވެފައި އެތެރެއަށް ވަދެގެން ދިޔައީ އެ އަޑު އައީ އެތެރެއިން ކަމަށް ހީކޮށެވެ.

އަދި ޖްނާނާޝްރީ ވެސް ދުވެފައި ގޮސް ގޭތެރެއަށް ވަތް ކަަމަށް ވެއެވެ. އެވަގުތަކީ އެމީހުންގެ ގެއަށް ފަރުބަދަ ވެއްޓުނު ވަގުތެވެ. ބަދިގޭގައި އަވަދިނެތި އުޅުނު މަންމަ ބޭރަށް ނުކުތީ އެކުދިން ބޭރުގައި ތިބޭނެ ކަމަށް ހިތާއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މަގުމައްޗަށް ރުކެއް ވެއްޓުމާއި ފެންބޮޑުވުމުގެ ސަބަބުން ރެސްކިއު މުވައްޒަފުންނަށް ވަގުތުން އެތަނަށް ދެވޭ ގޮތް ނުވެއެވެ. އަދި ވިއްސާރައިގެ ސަބަބުން އެ އޮޕަރޭޝަނަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު