އިންޑިއާގެ ފެކްޓްރީއެއްގައި ގޭސް ލީކުވެގެން 87 މީހެއްގެ ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ ހާދިސާ ހިނގީ އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ޑިސްޓްރިކްޓެއްގައި ހުންނަ އަންނަ އުފައްދާ ފެކްޓްރީއެއްގައި އިއްޔެގެ ވަގުތެއްގައެވެ.

ހާދިސާގައި އެއްވެސް މީހަކު މަރު ނުވި ނަމަވެސް ހާލު ހޯސްވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި އެ ފްކެޓްރީގައި މަސައްކަތް ކުރި އަންހެނުންނަށް ވިހަ ގޭހުގެ އަސަރު ވަނީ ކޮށްފައެވެ.

އަންދުރަ ޕްރަދޭޝްގެ އިންޑަސްޓްރީ މިނިސްޓަރު ޑުޑިވާދާ އަމަރުނާތު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ސީރިއަސް އިންކުއަރީއެއް މިހާރު ފަށައިފައިވާ ކަމަށެވެ.

އަދި އެ ފެކްޓްރީން ސާމްޕަލްތައް ނަގައި އިންޑިއާގެ އިންސްޓްއިޓް އޮފް ކެމިކަލް ޓެކްނޮލޮޖީ އަށް ވެސް މިހާރު ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގި ގާމަންޓް ފެކްޓްރީގައި އެތައް ހާސް ބަޔަކު މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

އިންޑިއާގައި 1984 ވަނަ އަހަރު ޕެސްޓްސައިޑް އުފައްދާ ފެކްޓްރީއަކުން ގޭސް ލީކުވި ހާދިސާއެއްގައި އެ ސަރަހައްދުން އެތައް ހާސް ބަޔަކު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު