އިންޑިއާ އިން ނުރުހުންވާތީ ޗައިނާގެ މަނަވަރު ސްރީލަންކާއަށް މިވަގުތު ނުވަންނަން އަންގައިފިއެވެ.

"ޔުއާން ވަންގް 5" ގެ ނަން ދީފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދެއް ކުރިން ދިޔައީ ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރާ ދިމާލަށް ދަތުރު ކުރަމުންނެވެ.

އެ މަނަވަރު ލަންކާގެ ސަރަހައްދަށް ވަންނާތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރީން ދިޔައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އިންޑިއާގެ އިސްތިގުލާލަށް ގޮންޖަހާ ކޮންމެ ކަމަކަށް ވަގުތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިންޑިއާއިން އޮތީ ދީފައެވެ.

އޭގެ ފަހުން ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ އެ މަނަވަރު މިވަގުތަށް ލަންކާއަށް ނުވަނުމަށް ޗައިނާގެ އެމްބަސީއަށް އަންގައިފައެެވެ.

އަދި އެ މަނަވަރަށް ވަދެޥޭނީ އިިތުރު މަޝްވަރާތަކަކަށް ފަހު ކަމަށް ވެސް ބުނެފައި ވެެއެވެ.

އެ މަނަވަރަކީ ސެޓަލައިޓް ޓްރެކްކުރުމުގައި ހަރަކާތްތެރިވާ އުޅަނދެއް ކަމަށް އަޑު ފެތުރިފައި ވެއެވެ. ނަަމަވެސް ސްރީލަންކާއިން އެކަން ދޮގުކޮށް ބުނީ އެ މަނަވަރު ހަމްބަންޓޯޓާ ބަނދަރަށް ވަނީ ތެޔޮ އެޅުމަށްޓަކައި ކަމަށެވެ.

ސްރީލަންކާ އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ އިރު އިންޑިއާއިން ދަނީ ލަންކާއަށް ވަރަށް ބޮޑަށް އެހީތައް ވަމުންނެވެ. އެހެންކަމުން އިންޑިއާގެ އެންގުންތަކަށް ދީލާލާއި ޗައިނާގެ މަނަވަރ މިވަގުތަށް ނުވަންނަން އެންގީ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާގެ ބަލާ ހާދަ ބޮޑޭދޯ ، އަމިއްލަ ގައުމުގައި އެތައްބަޔަކު ނުކައި ނުބޮއި އުޅޭއިރުވެސް ގެރިމޯދީ މިއުޅެނީ ދުނިޔެ އޭނާގެ މުށުތެރެއަށް ލާން ބޮޑު ބަލާއެއް

    10