އާންމުންނަށް ސަލާމަތް ވުމަށް ފުރުސަތު ދިނުމަށް ސިރިއާގެ ޢޫޡާއަށް ބޮން އެޅުން ވަގުތީގޮތުން މެދު ކަނޑާލަން ރަޝިއާއިން ނިންމައިފިއެވެ.

މިއަދު ރަޝިއާގެ ރައީސް ލެޑްމިއާ ޕޫޓިން ވަނީ ވަގުތީ ގޮތުން ޢޫޡާއަށް ބޮން އެޅުން ހުއްޓާލަން ނިންމާފައިވާކަން ހާމަ ކޮށްފައެވެ. ބޮން އެޅުން ހުއްޓާލަން ނިންމީ ޢޫޡާގެ ގަޑިން ހެނދުނު 9:00 އިން މެންދުރު 14:00 އާ ހަމައަށެވެ. މި ނިންމުމަކީ އާންމުން ޢޫޡާއިން ނިކުތުުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގޫތާއަކީ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީ އޮންނަ ރަށެކެވެ. އެތަނަށް ިރަޝިއާއި ސީރިއާ ސަރުކާރުން ވައިގެ ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

ސީރިއަން އޮބްޒަވެޓަރީ ފޯ ހިއުމަން ރައިޓްސް އިން އަންދާޒާ ކުރާ ގޮތުގައި މިހާތަނަށް ޢޫޡާއަށް ދިން ހަމަލާތަކުގައި 550 އާންމުން ވަނީ މަރުވެފައެވެ. އެއީ އެންމެ އަށް ދުވަސްތެރޭގައި މަރުވި މީހުންގެ އަދަދެވެ.

މީގެ އިތުރުން ކެމިކަލް ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން އެއް ކުއްޖަކު މަރުވެފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ކްލޮއިން ގޭސް ބޭނުންކޮށްގެން ދިން އެ ހަމަލާގައި 18 މީހުން ވަނީ ޒަހަމްވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އދ އިން ވަނީ ސީރިއާގައި ހުރިހާ ފަރާތަކުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އަންގައި ގަރާރެއްވެސް ނެރެފައެވެ. ނަމަވެސް އެފަހުންވެސް ހަމަލާ ވަނީ ބަދަލުކޮށްފައެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢދ އެއީ ހަމަ ތަންތަން ހަލާކު ކުރާމީހުން އެއި އަސްލު ޓެރަރިސްޓުންނަކީ ،