ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ކޮކްޕިޓްތެރޭގައި މާރާމާރީ އެއް ހިންގި އެއާ ފްރާންސްގެ ދެ ޕައިލެޓުން ސަސްޕެންޑްކޮށްފިއެވެ.

އެއާ ފްރާންސްގެ އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވީ އެއާ ފްރާންސްގެ ދެ ޕައިލެޓުން ސަސްޕެންޑް ކުރީ މިދިޔަ ޖޫން މަހު ޖެނީވާ-ޕެރިސް ފްލައިޓެއްގައި ކޮކްޕިޓް ތެރޭގައި މާރާމާރީ ހިންގުމުން ކަމަށެވެ.

ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތުގައި މި ހާދިސާ ހިނގާފައިވާއިރު ރައްކާތެރިކަމާއެކު ފްލައިޓް ޖެއްސި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕައިލެޓުންގެ މި ހަމަނުޖެހުމުގެ ސަބަބުން ފްލައިޓްގެ އެ ދަތުރަށް އެއްވެސް ބުރުލެއް އަރާފައި ކ ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ސްވިޒަލޭންޑްގެ ލަ ޓްރިބިއުން ނޫހުން ބުނީ ޕައިލެޓާއި ކޯ ޕައިލެޓާ ދެމެދު ދެބަސްވުމެއް ހިނގީ ފްލައިޓް ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. މާރާމާރީގައި އެއްޕައިލެޓް އަނެއް ޕައިލެޓްގެ ގިރުވާނުގައި ހިފައި ކަންފަތް މަތީގައި ޖެހި ކަމަށާއި ދެމީހުންވެސް މާރާމާރީ ހިންގި ކަމަށް ސްވިޓްޒަލެންޑްގެ ލަ ޓްރިބިއުން ނޫހުން ބުންޏެވެ.

މި މާރާމާރީގެ މަންޒަރު ކެބިން ކްރޫއިންނަށްވެސް ފެނުނު އިރު އެއް ކްރޫ މެމްބަރަކު ފްލައިޓް ކޮކްޕިޓްތެރޭގައި ޕައިލެޓުންނާއެކު ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.