ފާއިތުވެގެން ދިޔަ ދުވަސްތަކާއި ކުރިއަށް ހިނގަމުން މި އަންނަ ދުވަސްތަކަކީ ޕާކިސްތާނަށް "އަނދިރި" ދުވަސްތަކެކެވެ. ވިއްސާރަ ގޯސްވެ، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވުގެ ހާދިސާތައް ވަނީ ހިނގާފައެވެ. ފެންބޮޑުވުމުގެ ހާދިސާގައި އެތަކެއް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، ގިނަ ބައެއްގެ ގެދޮރު ވެސް ވަނީ ފެނު އަޑިއަށް ގޮސްފައެވެ.

ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގެ މައުލޫމާތާއި އެގައުމަށް ލިބިފައިވާ ގެއްލުމުގެ މަންޒަރު ދައްކުވައިދޭ އެތަކެއް ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯތައް ބަލާ މީހަކަށް އެގައުމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަން އެނގިގެންދާނެއެވެ.

އެގޮތުން މީޑިއާގައި ދައުރުވަމުން އަންނަ އެއް ވީޑިއޯއިން ފެނިގެން ދަނީ އެގައުމުގެ މީހުން ގިނަ ސަރަހައްދެއްގައި ފެންބޮޑުވެ، ފެނުގެ ކޯރެއް އުފެދިފައިވާ މަންޒަރެވެ. ކަނޑުގެ ގަދަ އޮއެވަރު ހުންނަ ގޮތަށް ފެނުގެ ކޯރުގެ އޮއެވަރު ހުރިއިރު، ބިޔަ ބޮޑު އިމާރާތެއް ވެސް ސުންނާފަތިވެ، ފެނު އަޑިއަށް ދާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެން ދެއެވެ.

މިއީ ދައުރުވަމުންދާ އެންމެ ވީޑިއޯއެކެވެ. މިފަދަ އެތަކެއް ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެގައުމުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާނެ ވޭނެއް ބުނެދޭން ވެސް ނޭނގެއެވެ. އެތަކެއް އަހަރު ވަންދެން ބުރަ މަސައްކަތްކޮށް ފައިސާ ހޯދައިގެން އިމާރާތް ކުރި ގެތަކާއި، ވެހިކަލްތައް ފެނު އަޑިއަށް ގޮސްގެން ގިނަ ބަޔަކު ތިބޭ ގޮތް ހުސްވެފައެވެ.

ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މިހާތަނަށް ފެންބޮޑުވި ސަރަހައްދުތަކުން 1،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވާއިރު، 33 މިލިއަން މީހުން ވަނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހުމަދުވަގާރު

    މީ ހުސް ދޮގު. ކާފަރު ގައުމެއް ނޫން ތީ. ކިތައް މީހުން ދީނާ ދެކޮޅު ވީމާ މަރާލަނީ. އަދުލުގެ ގައުމެއްތީ