ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އޮތީ ފެނު އަޑީގައި ކަމަށް އެގައުމުގެ މޫސުމާބެހޭ ވަޒީރު ޝެރީ ރެހްމާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރަގައި މަގުތަކާއި، ގެދޮރާއި، ދަނޑުބިންތައް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

"އެއީ ހަމަ ބޮޑު ކަނޑެއް، ފެން ހިންދުމަށް ޕަމްޕު ކުރާނެ ހިކި ބިމެއް ނެތް،" ޝެރީ ވިދާޅުވިއެވެ.

ޝެރީ ވަނީ މިއީ "ހީވެސް ނުކުރާ ފަދަ ބޮޑު ކާރިސާއެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

އޮފިޝަލުން ބުނާގޮތުގައި، ޖޫން މަހުން ފެށިގެން އެ ގައުމަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 1،136 މީހަކު ވަނީ މަރުވެފައެވެ.

"ހަގީގަތުގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި މިހާރު އޮތީ ފެނު އަޑީގައި. އަޅުގަނޑުމެންނަށް މިފަދަ މަންޒަރެއް މީގެ ކުރިން ފެނިފައެއް ނުވޭ". ޝެރީ އޭއެފްޕީ ނިއުސް އެޖެންސީއަށް އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

އޮފިޝަލުން ބުނާގޮތުގައި، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ބީބީސީއާ ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރްދާރީ ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިން ކަމަށް ބެލެވޭ ކަމަށެވެ.

ޕާކިސްތާނުގެ 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ފެންބޮޑުވުމުގެ އަސަރު އަސަރުކޮށްފައި ވެއެވެ. އެއީ ކޮންމެ ހަތް މީހަކުން އެކަކެވެ.

އެ ގައުމުގެ އުތުރުގެ ސްވަޓް ވެލީގެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބްރިޖްތަކާއި މަގުތަކަށް ވަނީ ގެއްލުންވެފައެވެ. އަދި އަވަށްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

އަދި އޭގެ އިތުރުން މި ވިއްސާރައާ ގުޅިގެން ފަރުބަދަމަތީ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު އެކަހެރިވުމަށްވެސް ވަނީ އަންގާފައެވެ.

ހެލިކޮޕްޓަރުގެ އެހީގައި ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ތާށިވެފައި ތިބި މީހުންނާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރަމުންނެވެ.

"ވިލެޖަކަށް ފަހު ވިލެޖެއް ވަނީ ފުނޑުފުނޑުވެފައި. އެތައް މިލިއަން ގެއެއް ވަނީ ހަލާކުވެފައި،" ހެލިކޮޕްޓަރެއްގައި އެ ސަރަހައްދުގެ މަތިން އުދުހުމަށް ފަހު ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާދީއްތަ ދުވަހު ވިދާޅުވި އެވެ..

ކިޔުންތެރިންގެ ހިޔާލު