އުމުރުން 14 އަހަރުގެ ކުއްޖެއް ކައިރިން އިންނަން އަހާ އެކަމަށް ދެކޮޅު ހެދުމުން އޭނާ އަންދާލައިފިއެވެ.
އިންޑިއާގެ މަޑޫރާއިގައި މި ހާދިސާ ހިނގިިއިރު، އެ ކުއްޖާގެ ހަަށިގަނޑުގެ 70 އިންސައްތަ އޮތީ ފިހެވިފައެވެ. އޭނާ ކައިރިން އިންނަން އެއީ 23 އަހަރުގެ ފިރިހެނެކެވެ. އެ އަންހެން ކުއްޖާގެ ގައިގާ އަލިފާން ޖެހީވެސް އޭނާއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ގްރޭޑް 9 ގައި ކިޔަވަމުން އަންނަ އެ ކުއްޖާ މަރުނުވެ އޮތީ ހަމަކިރިޔާއެވެ. އެ ކުއްޖާއަށް ރާޖާޖޯ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
އޭނާގެ ގައިގާ އަލިފަން ރޯކޮށްފައި ވަނީ ގެއަށް ދިޔަ މަގުމަތީގައެވެ. މި މަހުގެ 16 ވަނަ ދުވަހު މިކަން ހިނގިއިރު، އެ މީހާ ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެ އަންހެން ކުއްޖާއާ ހަވާލާދީ އޭނާގެ މައިންބަފައިން ބުނީ، އެ މީހާ އެ ކުއްޖާގެ ފަހަތުން އުޅެމުންދާތާ ވަރަށް ދުވަސްވެދާނެ ކަމަށެވެ.
އަދި އަަބަދުވެސް އެ ކުއްޖާއަށް އުނދަގޫ ކުރާކަމަށްވެސް ވެއެވެ. އެ ކުއްޖާއަށް މިގޮތަށް އަނިޔާދެމުންދާތީ ފުލުހުންނަށްވެސް އެ މައްސަލަ ހުށަހެޅިއެވެ.
އެންމެ ފަހުން އެކަމާއި އެ މީހާ ރުޅިއައީއެވެ. އަދި އެ ކުއްޖާގެ ގަޔަށް ޕެޓްރޯލް އެޅުމަށްފަހު އަންދާލައި މަރާލަން އުޅުނީއެވެ.
ފުލުން ޒިންމާ ނަގަން ވާނެއެވެ
މޯދީ ވެއްޖެނު ރާއްޖޭގެ ކަންކަމާ ނޫޅެ މިކަންކަން ރަނގަޅު ކުރަން
އައްޔާ!!! ކަލެއައް ހަމަ ސާބަސް!! ހެހެހެހެހެ!! 🙂
އެސޮރުވެސް ހައްޔަރުކޮށް ބާބަކިޔު ކުރަން ައަހަރެން ގޮވާލަން!!!