ސްރީ ލަންކާގެ ކޮލަމްބޯގެ މަގުތަކަށް ނުކުމެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ނިއުސްފަސްޓް އެލްކޭ އިން ބުނީ، މި މުޒާހަރާގެ ސަބަބުން މަރަޑާނާގައި ޓްރެފިކް ބާރުބޮޑުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކޮލަމްބޯގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ މީހުންނާއި، ޓްރޭޑް ޔުނިއަންސް ހިމެނެއެވެ.

މުޒާހަރާ ކުރަމުންދާ ސަރަހައްދުތަކުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މުޒާހަރާ ކުރިއަށްގެންދާ ސަރަހައްދު ފުލުހުން ބްލޮކްކޮށްފައި އޮތުމުން، ހަމަނުޖެހުންތައްވެސް ހިނގަމުންދާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާއެއް ކަމަށް، މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

އަދި މިއީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިމްހަ މަގާމުން ދުރު ކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުން ފަށާ މުޒާހަރާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަނަންނި

    ޙަބަރު ކިޔަަ ނިމުން އިރުވެސް ނޭނގުން ސަރުކާރުން ރައްޔެތުންނަށް ކޮންކަހަލަ އަނިޔާއެއް ކޮށްގެން ކަމެއް މުޒާހަރާ ކުރަނި މި. ސަރުކާރުން ކުރި ކަމެއްވެސް އޮންނާނެތާ ދޯ؟

  2. ބޯގަޅި

    މީގެ އެއް ހަފްތަ ކުރިން އަންނި ލަންކޣެ ރައީސާ ބައްދަލުކުރިކަމުގެ އަސަރު އަދި ކިރިޔާ މި ކުރަން ފެށީ. އަންނި ފާވެއްޖެ ތަނެއް ސަލާމަތަކުން ނުދާނެ.

    3
    1