ސްރީ ލަންކާގެ އުތުރު ޕްރޮވިންސްގެ ޗުންނަކަމްގެ އުޑުވިލްގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މައްސަލައެއްގައި 55 އަހަރުގެ ފިރިހެނަކު މަރާލައިފިއެވެ.

އޭނާ މަރާލާފައި ވަނީ ގަހެއްގައި ބަނުމަށް ފަހު އަނިޔާ ކޮށްގެންނެވެ.

ޑެއިލީ މިރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާއަށް އަނިޔާކޮށް މަރާލި މައްސަލާގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޗުންނަކަމް ފުލުހުންގެ އޮފިސަރުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެމީހާ ހުރި ސަރަހައްދަށް ދިޔައިރު، އަނިޔާކޮށް ގަހެއްގައި ބަނދެފައި އޮއްވާ ފެނިފައިވެއެވެ. އަދި ފުލުހުން ވަނީީ އެ މީހާ ސަލާމަތް ކޮށް ތެލިޕްޕަލައި ހޮސްޕިޓަލަށް ގެންގޮސްފައެެވެ. އޭނާ މަރުވީ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ މީހާއަށް އަނިޔާކޮށްފައި ވަނީ އެ ސަރަހައްދުގެ 19 އަހަރުގެ ޒުވާން އަންހެނަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތީއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ އަންހެން މީހާއާ ގުޅުން އޮތް ބަޔަކު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެ ގްރޫޕުން އެ އަންހެން މިހާއަށް ވެސް އަނިޔާކޮށްފައިވާ އިރު، އޭނާއަށް ވެސް ފަރުވާ ދެމުން އަންނަނީ ތެލިޕްޕަލައި ހޮސްޕިޓަލުގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ އުމުރުން 23 އަހަރާއި 48 އަހަރާ ދެމެދުގެ މީހުން ކަމަށާއި އެއީ ޗުންނަކަމްއަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެއީ އާންމު އުސޫލަކުން ބަލާއިރު އަވައްޓެރި ލަންކާއާ ރޭޕިސްތާނުގެ ހާލަތު. އެފަދަ ގިނަ ޖަރީމާތައް އާންމުކޮށް ހިންގާނީ އެތަންތާނގައި އުޅޭ މުޝްރިކުން.

  2. ުަޖައްބު

    ރާއަޖޭގަ ނޫނަސް ރުފިޔާ އޮތިއްޔާ ކިތަންމެ ޒުވާން އަންހެނަކުވެސް
    ދުވާނެ ،،،

    2
    2
    • ބޯ

      މައްސަލައެއް ނެތެއްނު