މިއަހަރުގެ ޖަނަވަރީ މަރު ޕާކިސްތާންގައި ރޭޕްކޮށް މަރާލި އުމުރުން އެންމެ އަށް އަހަރުގެ ޒައިނަބު އަންސާރީގެ ގާތިލް އިމްރާން އަރުޝަދަށް އިތުރު ތިން މައްސަލައެއްގައި ހަތަރު މަރުގެ ޙުކުމެއް އިއްވައިފިއެވެ.

މިހާރު ވެސް ހަތަރު މައްސަލައެއްގައި ހަތަރު މަރުގެ ޙުކުމް، އަދި އުމުރު ދުވަހުގެ ޖަލު ޙުކުމަކާއި، ހަތް އަހަރުގެ ޖަލު ޙުކުމަކާއި 4.1 މިލިއަން ރުޕީސްގެ ޖޫރިމަނާއެއް ދެއްކުމަށް ޙުކުމް ކޮށްފައިވާ އަރުޝަދުގެ މައްޗަށް އިތުރު މަރުގެ ޙުކުމްތަކެއް އައީ ވެސް ކުޑަކުދިންތަކެއް ރޭޕް ކުރުމަށް ފަހު މަރާލި މައްސައިގައެވެ. އޭނާ ވަަނީ ކުޑަ އަށް އަންހެން ކުއްޖަކު ރޭޕް ކުރުމަށް ފަހު މަރާލާފައެވެ.

އެންޓި ޓެރަރިޒަމް ކޯޓުން އަރުޝަދުގެ މައްޗަށް އެންމެ ފަހުން ޙުކުމް އިއްވީ ފަސް އަހަރުގެ އައިޝާ އާއި އަށް އަހަރުގެ ލައިބާ އާއި ހަތް އަހަރުގެ ނޫރު ފާތިމާ ރޭޕް ކުރުމަށް ފަހު މަރާލި މައްސަލައިގައެވެ. އެތިން މައްސަލައިގައި ހަތަރު މަރުގެ ޙުކުމް އޭނާގެ މައްޗަށް އިއްވުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ އާއިލާ އަށް މަރުގެ ދިޔައިގެ ގޮތުގައި އެއްމިލިއަން ރުޕީސް ދިނުމަށް ވެސް އަރުޝަރުގެ މައްޗަށް ވަނީ ޙުކުމް އިއްވާފައެވެ.

ދުނިޔޭގެ ސަމާލުކަން ލިބުނު ޒައިނަބު ކިޑްނެޕްކޮށް އޭނާ މަރާލީ ޖަނަވަރީ 04 ވަނަ ދުވަހު އެވެ. މަރާލުމަށް ފަހު ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ޒައިނަބު ފެނުނީ ޖަނަވަރީ 09 ވަނަ ދުވަހު އެވެ.

އެމައްސަލައިގައި އިމްރާން ހައްޔަރު ކުރީ ޖަނަވަރީ 21 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުލްމުހައިމިން

    ހަތަރު މައްސަލައެއްގައި ހަތަރު މަރުގެ ޙުކުމް، އިއްވުމުން ޙައިރާންވޭ. މަރުގެ އެންމެ ޙުކުމެއްކޮށްފައި މަރާލީމާ އެ ނިމުނީ އެއް ނޫންބާ؟ ހަމަ ގައިމުވެސް ﷲ ފިޔަވާ އެހެން ފަރާތަކަށް އަލުން ދިރުއްވުމުގެ ކުޅަދާނަކަން ލިބިވޮޑިގެންނެއް ނުވޭ.

    • ތުނިޔަ

      އެއީ ތަފާތު ހަތަރު މަރުގެ މައްސަލަ...ވީއިރު ކޮންމެ ކުއްޖަކަށްވެސް ވަކިން އިންސާފު ލިބެންޖެހޭނެ ނޫންތޯ؟