ޗައިނާގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވުމާ ގުޅިގެން ޝޮޕިން މޯލްތަކާއި ޕާކުތައް ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޗައިނާގައި ކޮވިޑް ފެތުރޭތީ ދާދި އަވަސް މުސްތަގުބަލެއްގައި މިފަދަ ތަންތަން އަލުން ހުޅުވަން ހުއްދަ ދީފާނެ ކަމަކަށް ނުބެލެވެއެވެ.

މިދިޔަ ހޯމަ ދުވަހު ޗައިނާއިން 28،127 ލޯކަލް ވޭދަނަ ފެނިފައިވާއިރު، އޭޕްރީލް މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ. އަދި އެގައުމުގެ ދެކުނުގެ ދެ ސިޓީ ކަމަށްވާ ގުއާންޒޫ އާއި ޗޮންގްކިންގްގައި ބަލި ފެތުރޭ މިންވަރު ވަނީ ދެބައިކުޅަ އެއްބައި އިތުރުވެފައެވެ.

ކޮވިޑް-19 ޖެހިގެން ސިއްހީ އޮފިޝަލުން ހިމެނޭ ގޮތަށް އާންމުންގެ އެތައް ބަޔަކު މަރުވެފައިވާއިރު، މިއީ މެއި މަހަށް ފަހު ޗައިނާއިން މި ބަލި ޖެހިގެން މީހުން މަރުވި ފުރަތަމަ ފަހަރެވެ.

މި ބަލިމަޑުކަމުގެ އެންމެ ފަހުގެ ރާޅާއެކު ޗައިނާގައި ވަނީ ޒީރޯ-ކޮވިޑު ސިޔާސަތު އިއުލާންކޮށް ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެ ސިޔާސަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު އެ ދުވަސްތަކަކީ ވަރަށް ހިތްދަތި ދުވަސްތަކެއްގެ ގޮތުގައި އެގައުމުގެ ރައްޔިތުން ސިފަކުރެއެވެ.

ގައިޑްލައިންތަކަށް ބަދަލު ގެނައުމަށް ފަހުވެސް، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ޗައިނާ އޮތީ މުޅި ދުނިޔެއާ އެކަހެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު