ހުރިހާ އުމުރެއްގެ މީހުންގެ މެދުގައިވެސް "އެއް ޖިއްސުން ގުޅުން ހިންގުމުގެ ޕްރޮޕެގެންޑާ" ޕްރޮމޯޓްކުރުން މަނާކުރުމުގެ ބިލު ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރަޝިއާއިން މި ބިލު ފާސްކޮށްފައިވާއިރު ކުޑަކުދިންނަށް މި ޕްރޮޕެގެންޑާ ޕްރޮމޯޓްކުރުން ކުރިންވެސް ރަޝިއާއިން އޮތީ މަނާކޮށްފައެވެ.

މި އާ ގާނޫނުގެ ދަށުން އާންމު ތަންތަނުގައާއި، އިޝްތިހާރު މެދުވެރިކޮށާއި، ފޮތްތަކާއި، ފިލްމްތަކާއި، އޮންލައިންކޮށް، އަދި މިނޫން ގޮތަކަށް ވިޔަސް އެއްޖިއްސުން ގުޅުން ހިންގުން ޕްރޮމޯޓްކުރަން އެއްވެސް ކަމެއް ކޮށްފިނަމަ ބޮޑު އަދަދެއްގެ ޖޫރިމަނާއެއް އަންނާނެއެވެ.

އެގޮތުން ވަކިވަކި މީހުން ގިނަވެގެން 400000 ރޫބުލްސް (101،200 ރުފިޔާ) އިން ޖޫރިމަނާކުރެވޭ އިރު ކުންފުނިތަކާއި ވިޔަފާރިތައްފަދަ ފަރާތްތަކަށް ފަސްމިލިއަން ރޫބްލްސް (1،274،000 ރުފިޔާ) ގެ ޖޫރިމަނާއެއް އަތުވެދާނެއެވެ. އަދި ބޭރުގެ ގައުމުގެ ރައްޔިތުންނަށް 15 ދުވަހުގެ ޖަލު ހުކުމެއް ކޮށް އެމީހުން ރަޝިއާއިން ބޭރުކޮށްލެވޭނެއެވެ.

ރަޝިއާގައި މިހާރުވެސް ހިނގާ ގާނޫނުތަކުގެ ދަށުން، އެއްޖިއްސުން ގުޅުން ހިންގުމަށް ވަކާލާތުކުރާ މީހުން ބަންދުކޮށް، އެފަދަ ކަންކަމަށް ހިތްވަރުދޭ ހިނގާލުންތައްވެސް ހުއްޓުވައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން ބުނާގޮތުގައި މިއީ ހުޅަނގުން ފަތުރާފައިވާ ރަޝިއާގެ ސަގާފަތާއި ހިލާފު ކަންތައްތަކެވެ. އަދި މިފަދަ ކަންތައްތަކުން އެމީހުންގެ އުސޫލުތަކާއި، މުޖުތަމައާއި، ކުޑަކުދިން ރައްކާތެރި ކުރަންޖެހޭކަމަށް މި ބިލު އެކުލަވާލުމަށް މަސައްކަތްކުރި ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ހައްގުތަކަށް ވަކާލުތުކުރާ ޖަމާއަތްތަކުން ދަނީ މިކަމުގައި ރަޝިއާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެއްޖިއްސުން ގުޅުން ހިންގުމާއި ގުޅޭ ވީޑިއޯތަކެއް ޕްރޮމޯޓްކުރުމުގެ ކުށުގައި މިދިޔަމަހު ރަޝިއާއިން ވަނީ ތިން މިލިއަން ރޫބްލްސް (764،000 ރުފިޔާ) އިން ގިނަބައެއްގެ ތެރޭގައި މަޝްހޫރު ޓިކްޓޮކް ޖޫރިމަނާކޮށްފައެވެ. އަދި އެގައުމުގެ މީޑިއާ ރެގިއުލޭޓްކުރާ އިދާރާއިން ވަނީ "އެލްޖީބީޓީކިއު ޕްރޮޕެގެންޑާ' އެކުލެވޭ ހުރިހާ ފޮތެއް ބާޒާރުން ނެގުމަށް ފޮތް ޕަބްލިޝްކުރާ ތަންތަނަށް އަންގާފައެވެ.

މި ބިލަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ މަތީ ގެއިން ފާސްކުރުމަށްފަހު، ރައީސް ވްލަޑިމިއަރ ޕޫޓިން ބިލް ތަސްދީގު ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާލު

    ސާބަސް ޕުޓިން

    65
    3
  2. ރެފްރީ

    ޕޫޓިންވަރެއްނެތް! އެމެރިކާއާއި ޔޫރަޕަށް ރަނގަޅުފިލާވަޅެއްމިފަހަރުދޭތި !!

    33
    1
    • ޜަޟީ

      ކިހިނެއްބާ ދޭނީ.ދޭނެ ގޮތެއް ބުނެދީބަލަ

      2
      6
  3. ގައިދުރު

    ﷲ އަކްަރު.ކުޅަދުންވަންތަކަމާ ޖައްބާރުވަންތަކަން.މިއި އިސްލާމްދީނަކީ

    28
    2
  4. ޖުހާ.

    ރަސިއާގެ ރައްޔިތުންނަށް އިސްލާމްދީނުގެ ހިދާޔަތު ދައްކަވާށި.

    35
    1
  5. ހުސޭނުބޭ

    ރާއްޖޭގެ ޤާނޫނުހަދާ މީހުން ބޭރުކޮށްފައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލިސް މިތަނަށް ގެނަޔަސް މާ ތާހިރުވާނެ

    28
    1
    • އާދަނާ

      ހަމަވަރަށް ރަނގަޅުވާހަކައެއްތީ!

      13
      1
  6. އާދަނާ

    މުސްލިމުގައުމެއްނޫން އަކަމަކު ބަލާބަލަ ހައްގާއި ބަތިލާދެކޮޅުވެރިކަން، މިގައުމުގެ އުޅެނީ އެފަދަނުބައި ކަންކަމަށް އަދަބުވެސްނުދޭން، އެއްޖިންސުން ގުޅުންހިންގީމަ ތިންމަހަށް ގޭބަންދޯ! ބޮޑުޖޯކެއްނުމީ،

    15
    1
  7. ×ދެދެ

    ަައާނ ކޮން އަންހެން ކުޅިއެއް ފިރިހެން ކުޅިއެއް ވަން ލަވެއްތަ