ރިކޯޑް އަދަދެއްގެ ބަޔަކު ޗައިނާއިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޗައިނާއިން އެންމެ ފުރަތަމަ ކޮވިޑުގެ ވޭދަނައެއް ފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އޭގެ ފަހުން އެގައުމުން ވަނީ ބައެއް ސިޓީތަކާއި ގިނަ ބަޔަކު ކަރަންޓީނު ކޮށްގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ.

މިއަދާއި ހަމައަށް ވެސް އެގައުމުގެ ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނައިރު، އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ އަކީ އެގައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަސް ތެރޭ މި ބައްޔަށް ފައްސިވި ދުވަހުއެވެ.

އެގޮތުން އިއްޔެ އެކަނި އެގައުމުން 31،527 މީހަކު ވަނީ ފައްސިވެފައެވެ. މީގެ ކުރިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއީ 28،000 މީހުންނެވެ.

އެގައުމުގައި ބަލި ހަލުވި ކަމާއި އެކީ ފެތުރު ނަމަވެސް، 1.4 ބިލިއަން މީހުންގެ އާބާދީއަކާއި އަޅާބަލާއިރު، ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަރަށް ދަށެވެ. އެގައުމުން މި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 5،200 އެއްހާ މީހުންނެވެ.

ކޮވިޑް ފެތުރެން ފެށުމާއި އެކީ އެގައުމުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބަލި ޖެހިފައިވާ މީހަކާއި ގާތުން ބައްދަލުވެފައިވާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 7 ދުވަހު ކަރަންޓީނު ކުރުމަށްފަހު، 5 ދުވަހާއި ތިން ދުވަހުގެ މުއްދަތަކަށް ދިޔައީ ގޭގައި ކަރަންޓީނު ކުރަމުންނެވެ. މިއީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ބަލި އޭރު ފެތުރުން މަދު ކުރެވުނު އެއް ސަބަބެވެ.

މީގެ އިތުރުން ވެސް އެގައުމުން ވަނީ 6 މިލިއަން މީހުން ދިރިއުޅެމުން ދިޔަ އެގައުމުގެ ސިޓީއެއް ވެސް ފުރަބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސާބަހޭ ޗައިނާ މިފަހަރު ޖެހޭނެ މުޅި ގައުމު ފުރަބަންދުކޮށްލަން. ލޮލް