ސައުދި އަރަބިއްޔާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުއް ނަބަވީގެ ކޯޓް ޔާޑް ތެރޭގައި އަންހެނަކު ވިހައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މިސްކިތަށް ނަމާދަށް ގޮސް ހުރި އަންހެނެއްގެ ބަނޑުގައި ރިއްސައިގަތުމާއެކު ރެޑް ކްރެސެންޓްގެ ވޮލަންޓިއަރުން ހަރަކަތާތްތެރިވިއެވެ.

ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ މަދީނާ ބްރާންޗްގެ ޑިރެކްޓާ ޖެނެރަލް ޑރ އަހުމަދު ބިން އަލީ އަލް ޒަހްރާނީ ވިދާޅުވީ އަލް ހަރާމް ސަރަހައްދުގައި ހުންނަ އެމްބިއުލާންސް ސެންޓަރުގައި ހަރަކާތްތެރިވާ އެސްއާރްސީއޭގެ ވޮލަންޓިއަރުންގެ ޓީމުން އަންހެން މީހާއަށް ރައްކާތެރިކަމާއެކު ތުއްތު ދަރިފުޅު ވިހެއުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަަމަށެވެ.

އަލްޒަހްރާނީ ފާހަގަކުރެއްވި ގޮތުގައި ޓީމްތައް އެތަނަށް ދިޔައިރު އަންހެން މީހާ ވިހެއުމުގެ ތަދު އަރައިގެން ހާލު ސީރިއަސްވެފައި އޮއްވާ ފެނުނެވެ.

އެގޮތުން އެ އަންހެން މީހާގެ ގާތަށް އެ މީހުންނަށް ދެވުނުއިރު، ފެންދުލި ފަޅައިގެން ގޮސް، ވިހެއުމުގެ ތަދު އަރައިގެން ގޮސް، ދަރިފުޅުގެ ބޯ ބޭރަށް ނުކުމެފައިވާ ކަމަށެވެ.

އެއާއެކު އޭނާއަށް އެހީވުމުގައި އެންމެން ހަރަކާތްތެރިވިއެވެ. އަދި ކާމިޔާބު ކަމާއެކު އެ އަންހެން މީހާ ވިއްސުމުގައި އެހީވިއިރު، މަންމައާއި ދަރިފުޅު އިތުރު ޗެކަޕް ހެދުމަށް ބާބް ޖިބްރީލް ހެލްތު ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓީމަށް ރައްކާތެރިކަމާއެކު އެ އަންހެން މީހާ ވިހެއުމަށް އެހީތެރިވެވުނީ ހެލްތު ޕްރެކްޓިޝަނަރުންގެ ހައިސިއްޔަތުން ލިބިފައިވާ ހާއްސަ މެޑިކަލް ޓްރެއިނިންގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަޒްރާ

    ސްބްޙާނަﷲ

    25
    1
  2. ބޮސް

    ﷲ އަކްބަރު.