ރަޝިއާގެ އަސްކަރިއްޔާއަށް އިތުރު ދެމިލިއަން މީހުން ވެއްދުމަށާއި، އޭގެތެރޭގައި ތިންލައްކަ އަންހެނުން ވެސް ހިމެނުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިއާ އަށް ކުރަމުން ދިޔަ ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް އަދި ރަޝިއާ އިން ނުގެންގުޅޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނަމަވެސް ހަނގުރާމައިގެ ސަބަބުން ނޭޓޯ އާއި ހުޅަނގުގެ ގައުމުތަކަށް ކުރަމުންދާ އަސަރުގެ ސަބަބުން ހަނގުރާމަ ހުއްޓާލަން ނުވަތަ އެންމެ ކުޑަމިނުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދިއުމަށް ނޭޓޯ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ބާރުއަޅަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަޝިއާ އިން މިހާރު ވަނީ ހަނގުރާމައަށް އާއްމުން ނެރުމަށް މާޝަލް ލޯ ހިންގަން ފަށާފައެވެ. އެހެންކަމުން ސަރުކާރުން ކަނޑައަޅާ އުމުރެއްގެ، ކަނޑައަޅާ ޖިންސެއްގެ މީހުން ހަނގުރާމައަށް ނިކުތުން ވަނީ މަޖުބޫރު ވެފައެވެ. ނަމަވެސް އަސްކަރީ ގޮތުން އެކަށީގެންވާ ތަމްރީނެއްނެތް އެތައް ބަޔަކު ހަނގުރާމައަށް ނެރުމުން އެކަމުގެ ގެއްލުން ރަޝިއާ އިން ތަހައްމަަލު ކުރަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ރަޝިއާ އާއި ޔޫކްރޭނުން ކުރަމުން އަންނަ ހަނގުރާމައިގެ އަސަރު ދުނިޔޭގެ އިގުތިސޯދަށް އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ތަކެތީގެ އަގުތައް އުފުލި، އިންފްލޭޝަން މައްޗަށް ދިއުމުގެ އިތުރުން ހުޅަނގުގެ ގައުމުތަކަށް ގޭސް ލިބުމުގައި ވެސް ވަނީ ދަތިތައް ކުރިމަތިވެފައެވެ. ކުރިއަށް އޮތް ފިނި މޫސުމުގައި ގޭސް ލިބުމުގައި ކުރިމަތިވެފައި އޮތް ހުރަސްތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތި ތިންލައްކަ އަންހެނުން ލައްވާ ކުރުވާނެ ކަމަކީ ޒިނޭކުރުވުން ކަމަށް ބެލެވޭ. ފިރިހެނުން ފިރިިހެނުންނާ ލިވާޠުކޮށްފާނެތީ ބިރުން ނެރުނު ތިންލައްކަ އަންހެނުން ކަމަށް ބެލެވޭ. އިސްރާއީލުގެ ލަޝްކަރުގައި ވެސް އަންހެން ސިފައިން ގަންނަ ގަނޑަކީ ޒިނޭކުރުން. އެއީ ފާޅުގައި އެމީހުން ކުރާ ކަމެއް. އެންމެން ދަންނަ ކަމެއް.

    2
    9
    • މޮޔަނިމޮސް

      ތާލިބާނުން ގެ ލަޝްކަރުގަ ކޮންކަމެއްބާ

      3
      1
    • ޖުހާ،

      ތާލިބާނާއި އަލްގައިދާ އަދި އިސްލާމިކު ސުޓޭޓުންވެސް ކުރަނީ ތިއަބުނާ ކަންތައް. ޖާރިޔާއިން ގެންގުޅޭ. ހުލަފާއުއްރާޝިދޫނުގެ ފަހުން އުފެދުނު ހިލާފަތްތަކާއި ޢަރަބި ޕުރިންސުންވެސް ކުރީ ތިއަކަންތައް. މިހާރުވެސް އެންމެކުރީގައި އުޅެނީ އެބޭފުޅުން.

      1
      2
  2. ޖުހާ.

    ހުޅަނގުގެ މީހުން މިހާރު ތެލެއްވެސް ގޭހެއްވެސް ބޭނުމެއް ނޫން. އެމީހުން ބޭނުމީ ލައިލާއަށްޓަކައި މަޖުނޫނު ދުނިޔެއަޅާ ދިއަގޮތަށް ޔޫކުރޭނުގެ ހައްގުގައި ދުނިޔެއަޅައި ދާން.

    6
    4
    • މޮޔަނިމޮސް

      ކަލޭނަމަ ޔުކްރޭން ދޫކޮށްލާނީތަ

      • ހުވަދު

        ޔެސް

      • ޖހ

        އާނ. އެއްޖިންސުން ގުޅުންހިންގާ ޔޫރަޕަށްވުރެ ކްރިސްޓިައން ރަސިޔާވެސް މާ ރަނގަޅުވާނެ.