އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން އިންޑިއާގެ ކޮލްކަޓާގައި އަޅާ ކަނޑު އަޑީގެ މެޓްރޯ ސްޓޭޝަނާ ގުޅޭ ވީޑިއޯއެއް ދުނިޔޭގެ މަޝްހޫރު ޑިސްކަވަރީ ޗެނަލް އިން ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެފްކޮންސްއަކީ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅާލުމަށް ހިންގާ މަޝްރޫއުގެ ކޮންޓްރެކްޓަރެވެ. އެފްކޮންސް އިން އިންޑިއާ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ.

ދުނިޔޭގައި ކުންފުނިތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުންފުނި އެފްކޮންސް އުފެދިފައި ވަނީ 1959 ވަނަ އަހަރުއެވެ. އެ ކުންފުނި އުފެދުނު އިރު، ފުރަތަމަ އެ ކުންފުންޏަށް ކިއާފައި ވަނީ ރޯޑިއޯ ފައުންޑޭޝަން ލިމިޓެޑެވެ. އެ ނަން އެފްކޮންސްއަށް ބަދަލުކޮށްފައި ވަނީ 1997 ވަނަ އަހަރުގައެވެ.

ޖައްމު، ކަޝްމީރްގައި އެޅި ޗެނަބް ރޭލް ބްރިޖަކީ އިންޑިއާގައި އަޅަން އެންމެ އުނދަގޫވި ބްރިޖުތަކުގެ ތެރެއިން ބްރިޖެކެވެ. އިންޑިއާގެ އެންމެ ރީތި ބްރިޖުތަކުގެ ތެރޭގައި ހިމެނޭ މި ބްރިޖު އެޅީ އެ ތަނުގައި އޮތް ކޯރުން ފެށިގެން 359 މީޓަރު އުހުގައެވެ. މި ބްރިޖުގެ ފައިދާ މިއަދު އެތައް ބަޔަކަށް ދަނީ ލިބެމުންނެވެ.

އެފްކޮންސްއާ މިހާރު ހަވާލުކޮށްފައިވާ އެއް މަސައްކަތަކީ ކަނޑު އަޑީގެ މެޓްރޯ ސްޓޭޝަނެއް އެޅުމުގެ މަސައްކަތެވެ. މިއީ އިންޑިއާގައި ފުރަތަމަ ހަދާ މި ބާވަތުގެ ކަނޑު އަޑީގެ ރޭލް ސްޓޭޝަނެވެ.

މި ތަން ހަދަން ނިންމާފައި ވަނީ ބިމުން ފެށިގެން 108 ފޫޓު އަޑީގައެވެ. މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވާ މި ޓަނަލްގައި ޖުމްލަ 10.7 ކިލޯމީޓަރު ހުންނާނެއެވެ. މި ރޭލް ސްޓޭޝަން ގާއިމު ކުރެވުމުން 90 މިނެޓުގެ ދަތުރު 40 މިނެޓަށް ކުޑަވެގެން ދާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

އެފްކޮންސް އިން ޔޫޓިއުބް ޗެނަލްގައި އާންމު ކުރި ވީޑިއޯއެއްގައި ވަނީ އެ ތަނާ ބެހޭ އިތުރު މައުލޫމާތު ޑިސްކަވަރީ ޗެނަލް އިން ލިބޭނެ ކަމަށް ބުނެފައެވެ. އެ ވީޑިއޯގައި ފެނިގެން ދަނީ ކޮލަކަޓާގައި މިހާރު ހަދަމުން އަންނަ ސްޓޭޝަންގެ ވީޑިއޯތަކާއި ފޮޓޯތަކެކެވެ. މި ސްޓޭޝަންގެ ސަބަބުން ލިބޭނެ ފަސޭހަތައް ވެސް އެ ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.

މި ވީޑިއޯ ރިޕޯޓު ޑިސްކަވަރީ ޗެނަލްގައި އާންމު ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެފްކޮންސް އިން މީގެކުރިން ބުނެފައި ވަނީ މިއީ ވަރަށް އުނދަގޫ މަސައްކަތަކަށް ވިޔަސް، އެ ކުންފުނިން ހުއްޓުމެއް ނެތި މަސައްކަތްކޮށް ފުރިހަމަ ކަމާއެކީގައި ނިންމާލާނެ ކަމަށެވެ.

އެފްކޮންސް: އާދައިގެ ބައެއް ނޫން، ކުރިން ނޭނގޭ އެތައް ވާހަކައެއް!

އެފްކޮންސް އުފެދިގެން އައިތާ 60 އަހަރަށް ވުރެ ގިނަ އަހަރުވީ އިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެ ކުންފުނީގެ މަސައްކަތްތައް ފެންނަން އެބަހުއްޓެވެ. އެފްކޮންސް ފާހަގަ ކުރެވިފައި ވަނީ އެ ކުންފުންޏާ ހަވާލު ކުރާ މަސައްކަތްތައް ތާރީހަށް ނުވަތަ އެއަށް ވުރެ ކުރިން ނިންމާ ކުންފުންޏެއްގެ ގޮތުގައެވެ.

ބައިނަލްއަގުވާމީ އެތައް އެވޯޑެއް ވެސް ހޯދާފައިވާ އެފްކޮންސްގެ މަސައްކަތް ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުން ފެންނާނެއެވެ. އެމީހުންގެ މަޝްރޫއުތައް ބޮޑަށް ހިންގަނީ އެފްރިކާ، އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސޯލޭ

    މިތާ ތަނބެއް ނުޖެހިގެންއުޅޭ ބައިގަނޑެއްތީ ލޮލް

    64
    1
  2. ވަތަވައްލާ

    ކަލޭމެން ލޯމަތީ ހިގާ ކަންތަކުގެ ވާހަކަ ދައްކަބަލަ. މިހާރު އަޅާފަ އޮތް ބުރިޖުގެ މަަސައްކަތް ކުރި ގޮތާ މިހާރު އަޅަން އުޅޭ ބުރިޖުގެ ވާހަ ދައްކަބަލަ. ތިއާލާތުން ހީކުރަނީ ދިވެހިން ވާނުވާގަ ކަމަށްތައް؟

    59
    2
  3. ހުސޭނުބޭ

    ތި ޑޮކިއުމެންޓްގައި 4 އަހަރުން ފަޅުތެރެއަށް އެންމެ ހޮޅިބުރިއެއް ޖެހި ވާހަކައާއި ބްރުޖެއް އަޅަން ނޭގި ހަދާނެގޮތް ބޮޑުވެގެން އުޅެނިކޮށް ކެރޭނު ބިންދައިގެން ދިޔަ ކްލިޕް ހިމެނީމާ ވަރަށް ސަޅިވާނެ

    56
    1
  4. މުހައްމަދު ހަނީފު

    ކިހާވަރެއްގެ ފައިސާކޮޅަކައް ނަފުސުވިއްކާލީ

    54
    1
  5. ޢަލީ

    ތި މެޓްރޯއަށް އަރަންވާނީ އޮކްސިޖަން ފުޅިއާއި މާސްއަދި ފިންސުލައިގެން.

    49
  6. ރަފާ

    އަދުގެ ދިވެހި ސަރުކާރަކީ އެފްކޮން އިންޑިޔާގެ މާރކެޓިން އެންޑް ޕަބްލިސިޓީ ޑިޕާންޓުމެންޓެއް. ހަގީގަަތަކީ އެފްކޯން އަކީ އިންޓަނޭޝަނަލީ ބަލައިގަންނަވަރު ކުންފުންޏެއްނޫން އަދި އެހާ އިންޓަނޭޝަނަލް ބިޔަޕުރޮޖެކްޓް ތަޖުރިބާ މަދު ކައްޕަޅި ކުންފުންނެއްކަމެވެ. މިއީ އަހަރެމެން ލޯކުރިމަތިން އެމީހުންގެކައްޕަޅި ޑިސްއޯގަނައިޒްޑ ފީކަޅާ އޮޕަރޭޝަން ފެނި ތަޖުރިބާ ކުރެވިފަ ތިބި ބަޔެއް. ދެން މޮޅެތި އާޓިކަލް ޖަހައިގެން އޮމާން ކުރެވޭތޯ އުޅެނީ ސަރުކާރުން. ކޮންމެ އަކަސް ސަރުކާރެއްގެ ހައްސިއްޔަތުން ވަރަށް ވިސްނުންކޮށި. ފީކަޅާ ކޮންޓުރެކްޓަރަކަށް އަމިއްލަ ގައުމުގެމުހިންމު ޕުރޮޖެކްޓު ދިނީމާ ގެއްލޭނީ ސަރުކާރުގެ އަގު. އަދި މިހާރު މި ފެންނަނީ ޑިފެސްސައް އެރިއުޅޭ މަންޒަރު.

    40
  7. އައިމަން

    ސުވާލަކީ މިހާ މޮޅަށް ކަންކަން ކުރަން ދަންނަބަޔަކު އައްޑޫސިޓީގައި މަގު ހަދާށޭކިޔައިގެން ހަޑިހާވާތީ މީކީއްވެގެންހޭ މިހެންވާންމިޖެހެނީ ޖެއްސުންކުރާފާޑަށް މަސައްކަތްކުރާ ކުންފުންޏަކީތޯ؟

    42
  8. ޙަސަނުބެ

    ޢެހެންތޯ އަދި މި ރާއްޖޭގާ ތިބުނާ މީހުން ހަވާލުވި އެއްވެސް މަސައްކްތެއް ދުވަހަށް ކީކުރަން ދުވަސް ފަހަނަ އަޅާ ދިއައިރުވެސް ނުނިމޭ ދުވަސް ޖެހުނިމާ އަނެއްކާ އާ ޑޭޓެއް ދެނީ ކިހާ ޖޯކްދޯ ހެހެހެ

    37
  9. ހަވާސާ ހަމީދު

    މިބުރިޖު ހިންނަވަރާއި ގުޅާލާނެ 2023 ޑިސެންބަރުގައި ވަރަސް ސްޕީޑު ބާރުވާނެ!

    38
    • މުބީނު މާރނީ

      ހަބޭސް ކޮމެއްޓެއް.

      17
    • އައްޔަ

      ކެކެކެކެ ...... ބަރަވެލިކަނޑުގައިވެސް ތަނބުޖަހާ ނިމުނީތަ ........ ސޯލިބެ ހާދަ މޮޅޭ

      20
  10. ރަން ރީނދޫ

    ލާރި ދެނިކޮށް ،ކޮންމެ ޗެނަލަކުން ވެސް ދައްކަފާނެ. ތިޔަ ކުންފުނިން ކުރާ މަސައްކަތް ދިވެހިންނަށް މިހާރު ތަޖްރިބާ ވެފަ ތިބޭނީ.

    38
  11. ވިސްނާލުމަށް އެދެމޭ

    ލާއިލާއިލާހަ އިއްލަﷲ....ނަސީބެ މިރާއްޖޭގަ ތީއްޗެ އަޅަން ނުއުޅެފިއްޔާ ކިތައްމެހާވެސް ރަގަޅު..

    31
  12. މަބޭ

    ކޮންމެ ވީޑިއޯއެއްދެއްމިޔަސް ރާއްޖޭގަ އެފްކޮމް އެމްމެފަށޭހައިން އަދަނީ ފަރައް

    27
    • އިބޫ

      އެހެންވީމަ މުޅިވރާއްޖެ ކަނޑު އަޑިން ގުޅާލަން ނޫނީ މާލެއާ ހުޅުމާލެ ވިލިމާލެ ތިލަމާލެ ގުޅީފަޅު އަދި ހިންނަވަރު ކަނ،ުއަޑިން ގުޅާލަން އެފްކޮންއަށް ދޭންވީ

      23
  13. ދަރަނި ދަންތުރަ

    އެފުކޮންގެ ގާބިލުކަމާ މޮޅުކަމާ ކުޅަދާނަކަމުން ކެރޭނަކުން އުފުއްލޭ ބަރުދަންނޭންގި ކެރޭނު ބީތާ އަރުވާލީ ، ތިޔަ މީހުންނާ ބެހޭގޮތުން އިތުރުމަުލޫމާތު ބޭނުމެއްނުވޭ ފުދިއްޖެ ފުދި އިތުރުވެސް ވެއްޖެ

    31
  14. ލޮލް

    މަވެސް ވީޑިޔޯއެއް ހަދާފާނަން. މަށަށްދީ ބުރިޖު އަޅަން.

    24
  15. އެފްކޮންސް

    ކޮބާ ޖޫރިމަނާ ފައިސާ ދައްކަން ބުނި ތާރީހް

    28
  16. Anonymous

    އަޑިފެންނަ ކަނޑެއްގައި ތަނބެއްނުޖެހި ތިން އަހަރުވަންދެން ތެޅިބާލާ ބަޔަކަށް ކަނޑުއަޑީގައި މެޓްރޯއެޅޭނެކަމަށް މޮޅެތި ވީޑިއޯ ދެއްކުން ފިޔަވައި ކުރެވޭނެ ކަމެއްނެތް. މެޓްރޯ އަޅަނީ ކަލްކަތާގެ ކޯރެއްގެ ތެރެއިން ހުރަސްކުރާ ގޮތަށް. ދެން އެތަނަށް ކަނޑުއަޑީ މެޓްރޯ ކިޔަންވީ.

    13
  17. ހޭޖެހޭ

    މި މީހުން މިހާރު ހަދަމުންދާ އިމާރާތަކުގެ ތަނބު ޖަހަމުންގެންދަނީ 10 ނޫނީ 12 އެމްއެމް ދަގަނޑު ބޭނުންކޮށްގެން ، ނުވާނެ މިއިމާރާތް ތަކަށް ވަންނަންވެސް ނިކަން ނޫސްވެރިންވެސްދޭބަލަ ބަލަން

  18. ޏޯޓީ

    މިތާ މިއުޅެބީ އެފްކޮންގެ ނަމުގައި އުޅޭ ފޭކު ބަޔެއްނު އެހެންވީމަ