ގުޅީފަޅުގައި މަސައްކަތް ކުރާ އެފްކޮންސް އިންފްރާސްޓްރަކްޗާގެ މުވައްޒަފަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ހަދާ ތިލަމާލެ ބްރިޖުގެ މަސައްކަތް އެފްކޮންސްގެ މުވައްޒަފުން ކުރަމުންދާ އިރު، ހުރިހާ ރަށެއްގައި ހެން ބްރިޖުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ގުޅީފަޅަކީ ބްރިޖުގެ މައިގަނޑު ގިނަ މަސައްކަތްތައް ކުރަމުން އަންނަ ރަށެވެ.

މީސް މީޑިއާގައި އާންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެފްކޮންސްގެ ގުޅީފަޅު ސައިޓްގެ މަސައްކަތްތެރިއަކު ބަލިވެގެން 10 ދުވަސްވި އިރުވެސް ހަމައެކަނި ޕެނަޑޯލް ދީގެން ފަރުވާދީފައިވާ ކަމަށެވެ.

އެ މަސައްކަތްތެރިވާ މަސައްކަތައް ނެރެފައި ހުއްޓާ އިއްޔެ މަރުވެގެން ވެއްޓިފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ވާހަކަތައް ދޮގު ކުރަމުން ތިލަމާލެ ބްރިޖް މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން "ވަގުތު" އަށް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެފްކޮންސްގެ މަސައްކަތްތެރިވާ ބަލިވެގެން ތިން ދުވަހު ހުރީ ލީވްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިއްޔެ މަސައްކަތްތެރިން ތިބޭ އެކޮމަޑޭޝަންގައި އެމީހާ ހުއްޓާ ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ޖިނާން ވިދާޅުވިއެވެ.

ހާޓް އެޓޭކެއް ޖެހުމުން އެ މީހާ ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ކަމަށާއި އޭނާ މަރުވީ ޓްރީޓޮޕްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރިޖު ބައްތި

    މިވެރިންގެ ނެތޭ އިންސާނިއްޔަތުގެ ކަމެއްވެސް ހާދަ ޖަނަވާރޭ ދެން

    26
    2
  2. ރަން ރީނދޫ

    ޖަސްޓް ޑިނައި އިޓް ނަތިންގ ވިލް ހެޕެން. މިއީ ދުނިޔޭގެ އެންމެ ކޮރަޕްޓް ގައުމުގެ އުނގަށް ވެއްޓުނީމަ ވާގޮތް.

    20
    1
  3. މާޟީ

    ވެރިން ހަދާނީ ތެދު ގެރިން ހަދާނީ ދޮގު ޖަނަވާރުކަން ހައްދުން ނައްޓާފަ

    20
    1
  4. Anonymous

    ކޮންސްޓްރަކްޝަން މި ކަހަލަ ބުރަ މަސައްކަތްކުރާއިރު މަސައްކަތްތެރިންގެ ހާލު ރަނގަޅަށް ބަލަންވާނެ!

    11
  5. ސަނީ

    ދޮގުހަދާނެކަމެއް ނެތް! ހުވާކޮށްފައި މިބުނަނީ އެމީހުނަށް ދެނީ ޕެނެޑޮލް ކިތަންމެ ބޮޑު ކަމެއް ވިއަސް

    4
    1