ވިއެޓްނާމްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި 35 މީޓަރު ފުން ފަޅު ވަޅުގަނޑަށް ވެއްޓުނު އުމުރުން 10 އަހަރުގެ ކުއްޖަކު ސަލާމަތް ކުރުމަށް ބޮޑު އޮޕަރޭޝަން ކުރިއަށް ދަނިކޮށް އޭނާ މަރުވެއްޖެއެވެ.

ތައި ލައި ހާއޯ ނަމް ނަމަކަށް ކިޔާ އެ ކުއްޖާ ވަޅުގަނޑަށް ވެއްޓުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭނާ ވެއްޓުނީ ދެކުނު ޑޮންގް ތަޕް ޕްރޮވިންސްގެ އާ ބްރިޖުގެ ބައެއްގެ ގޮތުގައި 25 ސެންޓިމީޓަރު ފުޅާ ކޮންކްރީޓް ތަނބެއް އެޅުމަށް ތައްޔާރު ކުރި ވަޅުގަނޑަކަށެވެ.

އެހެންވެ ރެސްކިއު ޓީމްތަކުން ވަނީ ކުއްޖާ ވެއްޓުނު ތަނުގެ ވަށައިގެންވާ ފަސްގަނޑު ރަނގަޅު ކޮށް އޭނާ އެތަނުން ނެގުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަމަވެސް އޭގެ ހަތަރު ދުވަސް ފަހުން އިއްޔެ ވަނީ އޭނާ މަރުވިކަން އިއުލާންކޮށްފައެވެ.

އެ ކުއްޖާގެ ހަށިގަނޑު އެތަނުން ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ކުއްޖާ މަރުވުމުގެ ކުރިން ވެސް އޭނާ ސަލާމަތް ވާނެކަމާ މެދު އޮތީ އުއްމީދު ކަނޑާލައިފައެވެ. އަދި އޭރު ދިޔައީ ކެނޑިނޭޅި އޮކްސިޖަން ފޯރުކޮށްދެމުންނެވެ.

ވިއެޓްނާމްގެ ބޮޑުވަޒީރު ފަމް މިން ޗިން ވަނީ އެ ކުއްޖާ ސަލާމަތް ކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ފެޑެރަލް ފެންވަރުގެ މީހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފާއިތުވި އަހަރު ތަކުގައި ވެސް ވިއެޓްނާމްގައި އެފަދަ ހާދިސާތައް ހިނގާފައިވެވެއެވެ. އަދި 2020 ވަނަ އަހަރު އެފަދަ ހާދިސާއެއްގައި ވިއެޓްނާމްގެ ކުއްޖަކު މަރުވިއެވެ.