ވިއެޓްނާމްގެ ކޮންސްޓްރަކްޝަން ސައިޓެއްގައި 35 މީޓަރު ފުން ފަޅުވަޅުގަނޑަށް ވެއްޓުނު އުމުރުން 10 އަހަރުގެ ކުއްޖަކު ސަލާމަތް ކުރުމަށް އެތައް ބަޔަކު ހަރަކާތްތެރިވާން ފަށައިފިއެވެ.

ތައި ލައި ހާއޯ ނަމް ނަމަކަށް ކިޔާ މި ކުއްޖާ ވެއްޓުނީ ދެކުނު ޑޮންގް ތަޕް ޕްރޮވިންސްގެ އާ ބްރިޖުގެ ބައެއްގެ ގޮތުގައި 25 ސެންޓިމީޓަރު ފުޅާ ކޮންކްރީޓް ތަނބެއް އެޅުމަށް ތައްޔާރު ކުރި ވަޅުަގަނޑަކަށެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަމުން މިދަނީ. އެ ކުއްޖާގެ ހާލަތާއި ގުޅޭގޮތުން އެއްޗެއް ނުބުނެވޭނެ،" އެ ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކަތްތެރިވަމުންދާ މީހަކު ބުނެފައި ވެެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަމް ސަލާމަތް ކުރުމުގެ ގޮތުން، ރެސްކިއު ޓީމްތަކުން ވަނީ ވަށައިގެންވާ ފަސްގަނޑު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"އެ ކުއްޖާގެ މިހާރުގެ ހާލަތާ މެދު ކަމާބެހޭ ފަރާތްތަކަށް ޔަގީންކަމެއް ނެތް. އޭނާ އާ މުއާމަލާތް ކުރުން ހުއްޓާލާފައިވާއިރު، އޮކްސިޖަން އަބަދުވެސް ދަނީ ފޯރުކޮށްދެމުން". ވިއެޓްނާމްގެ ޓުއޯއީ ޓްރޭ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހޯމަ ދުވަހު ބޮޑުވަޒީރު ފަމް މިން ޗިން ވަނީ އެ ކުއްޖާ ސަލާމަތް ކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ފެޑެރަލް ފެންވަރުގެ މީހުންގެ ކިބައިން އެދިވަޑައިގެންފައެވެ.