ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ދިން ހަމަލާގައި އިސްރާއީލުގެ ގިނަ ބަޔަކު މަރާލެވުން ކުލަ ގަދަކޮށް ފަލަސްތީނުގައި ފާހަގަ ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިރުމަތީ ގުދުސްގެ އުތުރުގައި އޮންނަ އަވަށުގައި ޔަހޫދީ ފައްޅިއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތަކަށް ހަތިޔާރު އެޅި މީހަކު ކާރުގައި އައިސް ބަޑި ޖަހައި އިސްރާއީލުގެ 7 ވަރަކަށް މީހަކު މަރާލާފައިވާ ކަމަށެވެ. މި ހަމަލާ ދިނުމަށް އެމީހާ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ބެއިޓް ހަނީނާއާ ދިމާލަށް ދިޔަ ކަމަށް ބުނެފައި ވެއެވެ.

މިހަމަލާގައި އިސްރާއީލުގެ 7 މީހަކު މަރުވެފައިވާއިރު، އިތުރު މީހުންނަށް ސީރިއަސް އަނިޔާ ލިބިގެން އަންނަނީ ފަރުވާ ދެމުންނެވެ.

ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ ހަމަލާދިން މީހާ މަރާލާފައިވާ ކަމަށެވެ.

ރޭ ހިނގާދިޔަ މި ހާދިސާއަށް ފަހު، އިސްރާއީލުގެ ގިނަ ބަޔަކު މަރާލެވުމުން ފަލަސްތީނުގެ ރައްޔިތުން ވަނީ ކުލަގަދަކޮށް އެކަން ފާހަގަ ކޮށްފައެވެ. އެގައުމުގެ ރައްޔިތުންނަށް އެކަންވީ ވަރަށް ވެސް އުފާވެރި ވަގުތުކޮޅަކަށެވެ. އެހެން ކަމުން ހަދިޔަ ބަދަލު ކުރުމާއި "ހަވާ" ވެސް އެގައުމުގައި ވަނީ އަރުވާފައެވެ.

ފަލަސްތީނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ކާމިޔާބީ ފާހަގަ ކޮށްފައިވަނީ ރަމައްﷲ، ނަބްލުސް، ޖެނިން ފަދަ ސިޓީތަކުގައެވެ. އެގޮތުން "ހަވާ" އަރުވާ މަންޒަރާއި، ކާރު ދުއްވާ ފަރާތްތަކުން ބަރުގޮނު އަދި ބޮންފަޔާ ރޯ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ.

ފަލަސްތީނުން އިސްރާއީލުގެ 7 މީހަކު ރޭގެ ވަގުތެއްގައި މަރާލާފައިވާއިރު، މިމަހުގެ ތެރޭގައި ވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 31 މީހަކު ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ބަރާބަރު. ފަލަސްތީނައް ނަސްރު ދެއްވާށި

    37
    2
  2. ފަލާހް

    الحمد لله