ފަލަސްތީންގެ ކުޑަ ކުއްޖަކު އިސްރާއީލްގެ ދެ މީހެއްގެ ގަޔަށް ބަޑި ޖަހައިފިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނީ، ގުދުސްގެ އޯލްޑް ސިޓީގެ ބޭރުގައި ދިން ހަމަލާއެއްގައި އިސްރާއީލުގެ ބައްޕައަކާއި ފިރިހެން ކުއްޖަކު ޒަހަމްކޮށްލާފައިވާ ކަމަށެެވެ.

އިސްރާއީލް ފުލުހުން ބުނާގޮތުގައި، މި ދެ މީހުންނަށް ހަމަލާ ދީފައި ވަނީ އިރުމަތީ ގުދުސްއަށް ނިސްބަތްވާ ފަލަސްތީނުގެ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޭނާ ދިން މި ހަމަލާއަށްފަހު، ހަތިޔާރު އެޅި އާންމުން ވަނީ އޭނާގެ ގަޔަށް ބަޑި ޖަހާ ޒަހަމްކޮށްލައިފިއެވެ.

ކަން ޕަބްލިކް ބްރޯޑްކާސްޓަރުން ހާމަކޮށްފައިވާގޮތުގައި، ހަމަލާ ދިން މީހާގެ ނަމަކީ ސިލްވާންގެ މުހައްމަދު އަލިޔަތު އެވެ.

މަޖެން ޑޭވިޑް އަޑޮމް އިން ބުނީ އެ ދެ މީހުން ސިޓީގެ ޝާރޭ ޒެޑެކް މެޑިކަލް ސެންޓަރަށް ގެންދިއުމުގެ ކުރިން، އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ސިލްވާން ކައިރީގައި އޮންނަ ވެރިރަށް މާ ލޮޓް އިރް ޑޭވިޑް ސްޓްރީޓްގައި ފަރުވާ ދީފައިވާ ކަމަށެވެ.

އެމްޑީއޭ އާއި ހޮސްޕިޓަލުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑަށް ވެސް ވަނީ ބަޑީގެ ޒަހަމްތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    ދިފާއުގަތެދުވާނެ ދަރިންތަކެއް ވެސް މާތްﷲލައްވާނެ..އާމިން

    35
  2. Anonymous

    ތި ކުޑަ ކުއްޖަކީ ތިއީ މުޅި އިސްލާމީ އުއްމަތައް ހުރި މިސާލެއް. ޔާ ރައްބް އެ ކުއްޖާއައް އަވަސް ޝިފާއެއް ލައްވަވައި އިޒްރާހެލްގެ ޓެރަރިސްޓުން ހަލާކުކޮއް ނެތިކޮއްދެއްވައިފާދޭއެވެ.

    48
    • ސުޖޫން

      އާމީން

      23
  3. ފަލާހް

    الحمد لله

    10