ޕާކިސްތާނުގައި ގިނަ ބަޔަކު އުފުލައިގެން ދަތުރުކުރި ބަހެއް ޓްރަކެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 18 މީހަކު މަރުވެއްޖެއެވެ.

ކަލީޖް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ޓަނަލެއް ކައިރީގައި ޕެސެންޖަރު ބަހަކާއި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޓްރައިލާ ޓްރަކެއްގައި ޖެހި އެކްސިޑެންޓް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 18 ފަސިންޖަރުން މަރުވެފައިވާ ކަމަށް ރެސްކިއު އޮފިޝަލުން މިއަދު ބުނެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ ހައިބަރު ޕަހްތުންހްވާ ޕްރޮވިންސްގެ ކޮހަޓް ޑިސްޓްރިކްޓްގައެވެ.

މަރުވެފައިވާ މީހުންނާއި ޒަހަމްވި އެންމެން ކޮހަތުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވެއެވެ. އަދި އާނިޔާވި މީހުންނަށް ފަރުވާދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ސަރަހައްދުގެ ކެއާޓޭކާ ޗީފް މިނިސްޓަރު އަޒާމް ހާން ވަނީ އެ ހިތާމަވެރި އެކްސިޑެންޓާ ގުޅިގެން ފުން ހިތާމަ ފާޅުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނަކީވެސް ނުރައްކާތެރި އެކްސިޑެންޓް ހިނގާ ގައުމެކެެވެ.

އެގޮތުން އާދީއްތަ ދުވަހު ބަލޫޗިސްތާން ޕްރޮވިންސްގައި ބަހެއް ބްރިޖަކުން ވެއްޓި އަލިފާން ރޯވެ 40 މީހުން މަރުވެފައިވެ އެވެ.

އާދީއްތަ ދުވަހު ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ފަސިންޖަރު ބަހެއް ތަނބަކަށް އަރައި ވެއްޓި ބްރިޖަކުން ވެއްޓި އަލިފާން ރޯވެ 40 މީހުން ވަނީ މަރުވެފަ އެވެ.

މަގުތަކުގެ އިންފްރާސްޓްރަކްޗާ ދަށްވުމާއި ޓްރެފިކް ގާނޫނުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުން ޕާކިސްތާނުގައި އެކްސިޑެންޓްތަކުގައި މީހުން މަރުވުން މިހާރު ވަނީ އާންމު ކަމަށް ވެފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު