ޓައިވާނަށް އައި ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައުފޮއެވެ.

ޓައިވާނަށް މި ބިންހެލުން އައިސްފައިވަނީ 6.4 ގެ ބާރުމިނުގައި މިދިޔަ ހޯމަދުވަހުގެ ރޭ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ. މި ބާރުގަދަ ބިންހެލުމަށްފަހު އެކިފަހަރު ލޮޅުންތައް އެރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މި ބިންހެލުމަށް ފަހު ވިއްސާރަ ކުރުމާއި ފެންބޮޑު ވުމުގެ ހާދިސާތައް ކުރިމަތިވަމުންދާތީ މަރުވާ މީހުން ގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް އައި މި ބިންހެލުމުގައި މިހާތަނަށް 12 މީހުން މަރުވި ކަމަަށް ރިޕޯޓް ތަށް ބުނާއިރު ބިންހެލުމުގައި 270 މީހުން ވަނީ ޒަހަމް ވެފައެވެ. އަދި އެތަކެއް އިމާރާތް ތަކެއް ބިމާ ހަމަވެފައި ވާއިރު އެތައް ބަޔަކު ވަނީ ގެއްލިފައިއެވެ.

ވެއްޓިފައިވާ އިމާރަތް ތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައިވާ ކަމަށް ސަރުކާރުން ބުނާއިރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ބިންހެލުމުގައި ޓައިވާންގެ ހޫލިއަން ސިޓީ އަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު އިރު މީސް މީޑިއާގައި ދައުރުވާ ފޮޓޯ ތަކުން ފެންނަނީ އެ ސީޓީގެ ހޮސްޕިޓަލް ތަކުގެ އިތުރުން ގިނަ އިމާރާތް ތަކާއި މަގުތަށް ހަލާކުވެފައިވާ މަންޒަރެވެ.

މި ބިން ހެލުމަކީ ޓައިވާންގައި މިއަހަރު ހިނގައި ދިޔަ އެންމެ ބޮޑު ބިން ހެލުމެވެ. އެގައުމަށް އެންމެ ބޮޑު ބިންހެލުމަށް އައިސްފައިވަނީ 2009 ވަނަ އަހަރު އެވެ. ސެޕްޓެމްބަރ މަހުގައި އައި 7.6 މެގްނިޓިއުޑް ގެ ބިން ހެލުމުގައި 2600 މީހުން މަރުވެ ގިނަ ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.