އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ހަވާއީ އައިލެންޑަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ހަވާއީ އައިލެންޑަށް 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ގައުމުގެ ގަޑިން ރޭގަނޑު 9:30 އެހާކަންހާއިރު އައި މި ބިންހެލުން އައިސްފައިވަނީ ޕަހާލާގެ އިރު ދެކުނުން ގާތްގަނޑަކަށް 8 މޭލު ބޭރުން ގާތްގަނޑަކަށް 20 މޭލު އަޑިންނެވެ.

ހަވާއީ އައިލެންޑްގެ އެކި ހިސާބުތަކާއި، އޮހޫއާ ދުރުގައި ދިރިއުޅޭ މީހުން ވަނީ ބިންހެލުމުގެ އިހުސާސް ކުރެވިފައެވެ.

މި ބިންހެލުމުގައި ސުނާމީގެ ނުރައްކަލެއް ނެތްކަމަށް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު