އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްެޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، އިންޑޮނޭޝިއާގެ ތަނިމްބަރު ރަށްތަކަށް 6.1 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން 3:07ގައެވެ.

އެ ގައުމުގެ ޖިއޮފިޒިކްސް އެޖެންސީން ބުނީ، އިންޑޮނޭޝިއާގެ މަލޫކޫ ޕްރޮވިންސްގެ ތަނިމްބަރު ރަށްތަކަށް އައިސްފައި ވަނީ 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް ކަަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ބުނެފައި ވެއެވެ.

އެ އެޖެންސީން ބުނީ ބިންހެލުން އައިސްފައި ވަނީ 97 ކިލޯމީޓަރު އަޑިން ކަމަށެވެ. އަދި ބިންހެލުން އައި މިސްރާބަކީ މަލޫކުގެ ވެރިރަށް އަމްބޮންގެ އިރުދެކުނުން 543 ކިލޯމީޓަރު ކަމަށްވެސް ބުނެފައި ވެއެވެ.

ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާއިރު އިންޑޮނޭޝިއާގެ ޑިޒާސްޓާ އެޖެންސީ (ބީއެންޕީބީ)ގެ ތަރުޖަމާނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ވެފައި ނުވާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ލާދީނީ މީހުން ގިރިކުޅި ކުޅެން ތިއްބާ ދުނިޔެ ޤިޔާމަތްވަނީ. ބިންހެލުން ގިނަވުމަކީ ދައްޖާލު ފާޅުވުމާއި ހުޅަނގު ފަރާތުން އިރުއެރުމުގެ ކުރިން ހިނގާންހުރި ކަންތަކޭ މީހުން ބުނޭ ދޯ.

    11