އިންޑިއާގެ އުއްތަރްޕްރަދޭޝްގައި ޓްރަކަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޓުރަކްގެ ދަށުވެ ކުޑަކުއްޖަކާއި އޭނަގެ ކާފަ މަރުވެއްޖެއެވެ.

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އުމުރުން 67 އަހަރުގެ އުދިތް ނާރާޔަން އާއި އޭނަގެ ކާފަ ދަރިފުޅު މާރުކޭޓުން ގެޔަށް އައި މަގުމަތީގައި ބާރަށް ދުއްވާފައި އައި ޓްރަކެއްގައި ސައިކަލް ޖެހި ހިނގި އެކްސިޑެންޓުގައި، ޓުރަކް ކޮންޓްރޯލް ނުވެ 2 ކިލޯމީޓަރަށް ސައިކަލާއެކު ކުޑަކުއްޖާ ވިއްސައިގެން ދިޔައެވެ. އެހެންކަމުން ޓްރަކްގެ ދަށުވެ އުމުރުން އެންމެ 6 އަހަރުގެ ސަތްވިކް މަރުވެފައިވާއިރު، އޭނަގެ ކާފަ އެކްސިޑެންޓްވި ވަގުތު ވަނީ މަރުވެފައެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ކާންޕޫރާއި ސާގަރު ހައިވޭގައެވެ. މިހާދިސާގެ ވީޑިއޯތައް މީސްމީޑީއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ވީޑީއޯތަކުން ފެންނަ ގޮތުގައި ޓްރަކުގައި ސައިކަލެއް ޖެހި ސައިކަލާއެކު ދުއްވަމުން ދިޔަކަން ޑްރައިވަރަށް ނޭގެއެވެ. ޑްރައިވަރަށް އެކަން އެންގުމަށް ގިނަބަޔަކު ސައިކަލްތަކުގައި ޓްރަކް ވަށައިގެން އެބުރުނެވެ. އެހެންނަމަވެސް ޑްރައިވަރަށް އެކަން އެގުނީ 2 ކިލޯމީޓަރަށް ދުއްވިފައި ހުއްޓައި އާންމުން މަގުގެ ހުރަހަށް ގާ އަތުރާ ހުރަސް އެޅުމުންނެވެ. ޓްރަކް މަޑުކުރިއިރު ކުޑަކުއްޖާ އޮތީ އޭގެ ދަށުވެ މަރުވެފައެވެ. އެހެންކަމުން އެސަރަހައްދުގައި ތިބި އާންމުން ވަނީ ޑްރައިވަރުގެ ގައިގައިތަޅާ އަނިޔާކޮށްފައެވެ.

ހިތަށް ބިރުވެރިކަން ގެނެސްދޭ ލާއިންސާނީ މިފަދަ ހާދިސާތަކުން ސަލާމަތްވުުމަށް ޑްރައިވަރުން ސަމާލުވެ ތިބުމަށް ފުލުހުން ދަނީ އަންގަމުންނެވެ. އެހެންނަމަވެސް ކާރުބާރު ބޮޑު މަގުތަކުގައި ދުއްވާއިރު އެއްވެސް ބެލުމެއްނެތި ބާރު ސްޕީޑުގައި ދުއްވާއެއްޗެހި ދުއްވައެވެ.

މިމައްސަލައިގައި ޓްރަކް ދުއްވަން އިން މީހާ ވަނީ ހައްޔަރުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު