ނިއުޒިލޭންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

6.9 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ، ރާއްޖެ ގަޑިން 11:40 ގައެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ބުނީ ނިއުޒީލެންޑުގެ ކަރްމަޑެކް އައިލެންޑްސް ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ 183 ކިލޯމީޓަރު އަޑިން ކަމަށް އީއެމްއެސްސީން ބުނެއެވެ.

އެމެރިކާގެ ސުނާމީ އިންޒާރުދޭ ސިސްޓަމުން ބުނާގޮތުގައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ލިބިފައެއް ނުވެއެވެ.

ނިއުޒިލޭންޑަކީ ދޭތެރެ ދޭތެރެއިން ބާރުގަދަ ބިންހެލުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު