އިންޑިއާގެ މަދްޔަ ޕްރަދޭޝް އާއި ޗައްތިސްގަރް ގެ ސިޓީތަކަށް ކައިރި ކައިރީގައި ދެ ބިންހެލުން އަތުވެއްޖެއެވެ.
އެގޮތުން މިއަދު ހެނދުނު ޗިއްތިސްގަރްގެ އަމްބިކާޕޫރުގެ ކައިރިއަށް 3.9 ރިކްޓަރ މިންގަނޑުގެ ބާރުމިނުގައި ބިންހެލުމެއް ވަނީ އައިސްފައެވެ. އޭގެ ފަހުން މަދްޔަ ޕްރަދޭޝްގެ ގްވާލިއާއަށް ރިކްޓަރ މިންގަނޑުން 4.0 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައިސްފައިވެއެވެ.
އިންޑިއާގެ ނޭޝަނަލް ސެންޓަރ އޮފް ސިސްމޮލޮޖީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރިކްޓަރ މިންގަނޑުން 3.9 މެގްނިޓިއުޑްގެ ބިންހެލުމެއް މިއަދު ހެނދުނު 10:28 ގައި ޗައްތިސްގަރްގެ އަމްބިކާޕޫރަށް އައިސްފައިވާ ކަމަށެވެ.
ދެވަނަ ބިންހެލުން އައިސްފައި ވަނީ މަދްޔަ ޕްރަދޭޝްގެ ގްވާލިއާގެ 28 ކިލޯމީޓަރ ކައިރިއަށް މިއަދު ހެނދުނު 10:31 ގައި ރިކްޓާ މިންގަނޑުން 4.0 މެގްނިޓިއުޑް ބާރުމިނުގައެވެ.
މި ދެ ސްޓޭޓުން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިއަދު ހެނދުނު އިންޑިއާގެ އުތުރުއިރުމަތީގެ ސަރަހަރައްދަކަށް ވެސް ބިންހެލުމެއް އައިސްފައެވެ. މި ބިންހެލުން އައިސްފައި ވަނީ ރިކްޓަރ މިންގަނޑުން 3.9 ބާރުމިނުގައެވެ.
ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ހިމާލިޔާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ނޭޝަނަލް ޖިއޮފިޒިކަލް ރިސާޗް އިންސްޓިޓިއުޓް (އެންޖީއާރުއައި) އިން ވަނީ ދީފައެވެ.
ޢެންމެފަހުން އިންޑިއާއަށް ބިންހެލުން އައީމަ ހިނިއައިސް މަލާމާތްކޮށްފަ ޖޯކުޖެހީ، މިވަރުގެ ބައެއް މީ.
ބިންހެލުމާބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ބޮޑެތި ބިންހެލުންތަކެއް އިންޑިއާއަށް އަންނާނެ. އެއީ އިންޑިއާގެ ހިމާލިޔާ ފަރުބަދައާ ދިމާއަށް ސޯލާސިސްޓަމުގެ ޕްލެނެޓްތަކެއް އެއްސީދަލަކަށް އަންނާނެ އަހަރުތަކުގައި ކަމަށް ތަޖުރިބާކާރުން ބުނޭ.