އިސްރާއީލް ސަރުކާރާ ދެކޮޅަށް ނުކުތުމާއެކު އެ ގައުމުގެ ބޭންކްތަކުން ބްރާންޗްތައްވެސް ބަންދު ކުރަން ފަށައިފިއެވެ.

އިސްރާއީލްގެ މަސައްކަތްތެރިންގެ އެންމެ ބޮޑު ޔޫނިއަން އިން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޮޑު އިހުތިޖާޖެއް ކުރާނެކަން އިއުލާން ކުރުމުން އެކަމަށް ތާއީދު ކުރުމުގެ ގޮތުން އެކި ކަންކޮޅުތަކުގެ މޯލްތަކުގެ ފިހާރަތައް ބަންދުކުރަން ވަނީ ފަށައިފައެވެ.

މިއީ މިޝަރުއީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް މުޅި ގައުމުގައި ހުޅުވާލައިގެން ކުރިއަށް ގެންދާ ހަޅުތާލެކެވެ.

މީގެ އިތުރުން މި ހަޅުތާލާއި ގުޅިގެން ބޭންކުތަކުން ވަނީ ބްރާންޗްތައް ބަންދުކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.

އިސްރާއީލްގެ އެންމެ ބޮޑު ޔޫނިއަން ކަމަށްވާ ހިސްޓަޑްރަޓް އިން މިއަދު އިހްތިޖާޖް ފަށާއިރު، އެ ޔޫނިއަނުން ޑިމާންޑް ކުރަނީ ޝަރުއީ ދާއިރާ އޯވަހޯލް ކުރަން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކޮށްފައި އޮތް ޕްލޭން އަނބުރާ ގެންދިއުމަށެވެ.

މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ އިހްތިޖާޖާ އިސްރާއީލްގެ ސްކޫލްތަކާއި، ކިންޑަގާޑަންތައް ވެސް ބަންދުކުރަން ވަނީ ފަށައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރެޝަރު ބޮޑުވެފައި ވާތީ ގޮތްހުސްވެގެން ނަތަންޔާހޫގެ ޝަރުއީ ދާއިރާ އޯވަހޯލް ކުރާ ބިލް އަނބުރާ ގެންދަން އޭނާ އަށް މަޖުބޫރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު