ބަންގްލަދޭޝްގައި މިއަދު ހެދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި، އީދު މުދާ ލާފައި ހުރި މާރުކޭޓެއް އަނދާ އަޅިޔަށް ވެއްޖެއެވެ.

ބަންގްލަދޭޝްގައި ހެދުން ވިއްކާ ފިހާރައެއްގައި މިއަދު ހެދުނު އަލިފާން ރޯވެ އީދު މުދާތަކާއެކު މުޅި ފިހާރަ އަނދާ އަޅިޔަށް ވަނީ ވެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފާއިވާ ކަމުގެ ރިޕޯޓެއް އަދި ކޮށްފައި ނުވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި މާކެޓަކީ އެ ސިޓީގެ ގާމެންޓް ފެކްޓްރީތަކުގައި އުފެއްދި ނަމަވެސް އެކްސްޕޯޓް މިންގަނޑަށް ނުފެތޭ ފޭރާން ވިއްކާ މާކެޓެކެވެ. މިގޮތުން ޓޮމީ ހިލްފިގާ ފަދަ ކަޓް ޕްރައިސް ހުޅަނގުގެ ފެޝަން ބްރޭންޑްތަކުގެ މަޤުބޫލު މާކެޓެކެވެ.

އެ ޤައުމުގެ ވިޔަފާރިވެރިންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އީދު ކައިރިވެފައިވަނިކޮށް އީދު މުދާތައް އަދާ އަޅިޔަށް ވުމުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށާއި ހާލުގައިޖެހިފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ވިޔަފާރިވެރިޔަކު ބުނިގޮތުގައި އީދު ހެދުން ގަންނަން 1.5 މިލިއަން ޓަކާ (14،100 ޑޮލަރު) ދަރަންޏަށް ނަގާފައިވާ ކަމަށާއި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްކޮށް ބަރުބާދުވެއްޖެއެވެ.

ބަނގްލަދޭޝްގެ ވިޔަފާރީގެ ތަންތަނުގައި އަލިފާން ރޯވަނީ މޮނިޓަރިންގެ ހާލަތު ދަށްވުމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދު ބަންގްލަދޭޝްގައި ހިނގި މި އަލިފާނުގެ ބޮޑު ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 600 އަށް ވުރެ ގިނަ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.