އިރުމަތީ އިންޑިއާ ކަނޑުގައި އޮންނަ ނިކޮބާ އައިލެންޑްސް އަށް ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ، 4.3 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ 70 ކިލޯ މީޓަރު އަޑިއަށް ކަމަށެވެ.

މިއަދު ހަވީރު 16:36ގައި މި ބިންހެލުމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެެއެވެ.

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިންޑިއާއަށް 4.6 މެގްނިޓިއުޑްގެ 16 ބިންހެލުމެއް އައިސްފައިވާ ކަމަށް ދައްކައެވެ.

އަދި މި 48 ގަޑިިއިރު ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމަކީ 4.6 މެގްނެޓިއުޑްގެ ބިންހެލުމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ އުއްތަރްޚާންދް ސްޓޭޓްއަށް ފާއިތުވެދިޔަ 10 އަހަރު ތެރޭގައި 700 އަށްވުރެ ގިނަ ބިންހެލުން އައިސްފައިވާ ކަމަށް ދައްކައެވެ.

އަދި ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ހިމާލިޔާ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު ނޭޝަނަލް ޖިއޮފިޒިކަލް ރިސާޗް އިންސްޓިޓިއުޓް (އެންޖީއާރުއައި) އިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަވަ އަލީ

    އަލްހަމްދު ލިއްލާހް

    1
    1