އިސްރާއީލުން ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ހަމަލާއެއްގައި ޝަހީދު ވެފައިވަނީ އުމުރުން 20 އަހަރުގެ އައިދް އައްޒާމް ސާލިމް ނަމަކަށް ކިޔާ ފިރިހެނެކެވެ.

ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ އައްޒުންގައި އިސްރާއީލް ސިފައިން ދިން ހަމަލާގައި އޭނާ ޝަހީދުވެފައިވާއިރު، ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފައިވަނީ އޭނާގެ ގަޔަށް އިސްރާއީލް ސިފައިން ބަޑި ޖަހާފައިވާ ކަމަށެވެ.

މިހަމަލާއާއި ގުޅިގެން މިހާތަނަށް އިސްރާއީލް ސިފައިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު